ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތެއްގައި އަނެއްކާވެސް ރާއްޖެ ތަމްސީލުވަނީ


މެލޭޝިޔާ ސަރުކާރުން ބާއްވަވާ 59 ވަނަ އިންޓަނޭޝަނަލް ޤުރުއާން ރެސިޓޭޝަން އެންޑް މެމަރައިޒޭޝަން އެސެމްބްލީގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެއެވެ. ރާއްޖެއިން މި މުބާރާތުގައި ޤާރީއަކާއި ޤާރިއާއެއް ބައިވެރިވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

މެލޭޝިޔާގެ، ކުއަލަލަންޕޫރުގައި މިމަހުގެ 15 އިން 20 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ދިވެހިރާއްޖެއިން ވާދަކުރާ ޤާރީއަކީ ށ.ފުނަދޫ، ހިޔާ، އަލްޤާރީ އިބްރާހީމް ރަމީޒެއެވެ. އަދި މި މުބާރާތުގައި ދިވެހިރާއްޖޭގެ ފަރާތުން ވާދަކުރާ ޤާރިއާއަކީ އަލްމަދަރަސަތުލް ޢަރަބިއްޔަތުލް އިސްލާމީއްޔާގެ ގްރޭޑް 10 ގެ ދަރިވަރު އާލާ އަޡަމަތުއެވެ.

ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް އިބްރާހިމް ރަޝީދު މޫސާ ވަނީ، މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ބައިވެރިންނާ މިއަދު ބައްދަލު ކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ބައިވެރިންނަށް މުބާރާތާ ބެހޭ ބައެއް މަޢުލޫމާތު ދެއްވާ، ހިތްވަރު ދެއްވާފައެވެ.

11 މޭ 2017