ބާވެ އަދި ހަލާކުވެފައިވާ މުޞްޙަފުތައް ނައްތާލުމުގެ ޕްރޮގްރާމެއް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ފަށައިފި


ބާވެ އަދި ހަލާކުވެފައިވާ މުސްޙަފް ނައްތާލުމާބެހޭ ޕްރޮގްރާމެއް 08 ޑިސެންބަރު 2018 ވަނަ ދުވަހު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މާލޭގައި ކުރިއަށް ގެންގޮސްފިއެވެ. އާންމުންނަށް ފުރުސަތު ހުޅުވާލައިގެން ކުރިއަށްގެންދެވުނު މިޕްރޮގްރާމްގައި 12500 އަށްވުރެ ގިނަ މުޞްޙަފް  ނައްތާލުމަށްޓަކައި ވަނީ މިނިސްޓްރީ އަށް ބަލައިގެންފައެވެ.

މި މުޞްޙަފްތައް ނައްތާލުމަށް ހަމަޖެހިފައިވަނީ  އެމް.އެން.ޑީ.އެފް އާއި ގުޅިގެން މުޞްޙަފް ނައްތާލުމުގެ ޝަރުޢީ މިންގަނޑުގެ ތެރޭގައި، ދީނީ ޢިލްމުވެރިންގެ ބެލުމުގެ ދަށުންނެވެ. މި މަސައްކަތަކީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ވަރަށް އިސްކަމެއް ދީގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި އޮތޮޅުތެރޭގައިވެސް މިފަދަ ޕްރޮގްރާމްތައް ރާވައި ހިންގުމަށް މި މިނިސްޓްރީން ވަނީ ނިންމާފައެވެ.

08 ޑިސެންބަރު 2018