އަތޮޅުތެރޭ 02 ރަށެއްގައި ޚިފްޒު ކުލާސްތަކެއް ފަށައިފި


ކީރިތި ޤުރްއާންގެ ޢިލްމް ފުޅާ ދާއިރާއެއްގައި ފެތުރުމަށާއި ކީރިތި ޤުރްއާން ހިތުދަސް ޙާފިޒުން އިތުރުކުރުމުގެ މަޤްޞަދުގައި ބ. އޭދަފުށި އަދި ލ. ފޮނަދޫގައި ކީރިތި ޤުރްއާން ހިތުދަސްކޮށްދޭ ކުލާސްތަކެއް ފަށައިފިއެވެ.

ބ. އޭދަފުށީ ކުލާހުން 137 ދަރިވަރުން ބައިވެރިވެފައިވާއިރު ލ. ފޮނުދޫގެ ކުލާހުގައި 90 ދަރިވަރުން ބައިވެރިވެފައެވެ. ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ކުލާސްތަށް ކޮންމެ ދުވަހަކުވެސް ހެދުނާއި ހަވީރު އެކި އުމުރުފުރާތަކުގެ ކުދިންނަށް ކިޔަވައިދެއެވެ.

ދެ މަސް ދުވަހަށް ކުރިއަށް ގެންދާ މި ކޯހަކީ ސެޓްފިކެޓް ލެވެލް 1 ފެންވަރުގެ ކޯހެކެވެ. މި ކޯސްތައް ނިމުމުން ސެޓްފިކެޓް  ލެވެލް 2 ގެ ކޯސްތައް ފެށުމަށްވަނީ ހަމަޖެހިފައެވެ. ކުލާސްތަކުގައި ކިޔަވައި ދެއްވަމުން ގެންދަވަނީ ކީރިތި ޤުރްއާނާބެހޭ މަރުކަޒުން މިކޯހަށް ޙާއްޞަ ސޫދާނުން ގެނެސްފައިވާ މުދައްރިސުންނެވެ.

14 އޮގަސްޓު 2017