އަލްޙާފިޒް ނާދިޙް ޢަބްދުލްޙަމީދު ދުބާއީއަށް


21 ވަނަ އިންޓަރނޭޝަނަލް ދުބާއީ އެވޯޑް ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ރާއްޖެއިން ޙާފިޒަކު ފޮނުވައިފިއެވެ. މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވަނީ ނ.މާފަރު، ނާދީ، އަލްޙާފިޒް ނާދިޙް ޢަބްދުލްޙަމީދެވެ. ނާދިޙް ޢަބްދުލްޙަމީދަކީ ކަލާފާނު ސްކޫލުގައި ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރެކެވެ.

ދުބާއީގައި މިރޭ ފެށޭ މި މުބާރާތުގައި ބައިވެރިވުމަށް ނާދިޙް ވަނީ މިއަދު ހެނދުނު ދުބާއީއަށް ދިއުމަށް ފުރާފައެވެ. ބައިނަލްއަޤްވާމީ ފެންވަރުގައި ބާއްވާ މިމުބާރާތް ނިމޭނީ އަންނަ ޖޫން މަހު 20 ގައެވެ.

ނާދިޙް ވަނީ މިދިޔަ އަހަރު ސަޢުދީޢަރަބިއްޔާގައި ބޭއްވި އިންޓަރނޭޝަނަލް ޤުރުއާން މުބާރާތުގައިވެސް ރާއްޖޭގެ ފަރާތުން ބައިވެރިވެފައެވެ.

29 މޭ 2017