LOADING CLOSE

މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ރ. ހުޅުދުއްފާރު އަދި ރ. ކިނޮޅަސް ކައުންސިލް އިދާރާގެ ބޭފުޅުންނާ ބައްދަލުކުރައްވައިފި

 

މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު އަދި ކިނޮޅަސް ކައުންސިލް އިދާރާގެ ބޭފުޅުންނާ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު އަލީ ބައްދަލުކުރައްވާފިއެވެ.

އިއްޔެ މި މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރގެ އިތުރުން މި މިނިސްޓްރީގެ ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުންވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި މި ދެ ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސާއި ނައިބު ރައީސްގެ އިތުރުން ކައުންސިލް މެމްބަރުންވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދީނީ ކަންތައްތައް ކުރި އަރުވާނެ ގޮތްތަކާއި، މިސްކިތްތައް މަރާމާތު ކުރުމާއި މުވައްޒަފުންގެ ކަންކަމާ ގުޅޭގޮތުންނެވެ. އަދި މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ “ރާއްޖޭގެ މިސްކިތްތަކުގައި ޤުރުއާން ކިޔަވާ ދިނުމުގެ މަޝްރޫޢު” މި ދެ ރަށުގައި ކުރިއަށް ގެންދާ ގޮތާއި ބެހޭގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު ވަނީ ގިނަ އަދަދެއްގެ ކައުންސިލްތަކާ ބައްދަލުކުރައްވާފައެވެ.

Leave a Reply