LOADING CLOSE

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޕާމަނަންޓް ސެކެޓްރީގެ މަޤާމަށް ޢަބްދުލްހަސީބު އިސްމާޢީލް އައްޔަނުކުރައްވައިފި

 

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމާ، މިސްކިތްތައް ބިނާކުރުމާ، މަރާމާތުކުރުމާއި، ޒަކާތާއި ޙައްޖުގެ ކަންކަމާ މިފަދަ ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ މިނިސްޓްރީއެކެވެ. އެހެންކަމުން މިފަދަ މަސައްކަތްތަކެއް ކުރަމުން އަންނަ މިނިސްޓްރީއަކަށް ބޭނުންވާނީ އިލްމީ ގޮތުންގާބިލް ތަޖުރިބާ އާއި ތަމްރީނު ލިބި ހަރުދަނާ، ޒުވާން، މުރާލި އަދި ދުރުވިސްނޭބޭފުޅެއްކަމީ ޝައްކެއް އޮތް ކަމެއްނޫނެވެ. މިގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އާ ޕާމަނެންޓް ސެކެޓްރީ (ޕީ.އެސް) ގެ މަޤާމައް އައްޔަނު ކުރެވުނު އަބްދުލް ޙަސީބު އިސްމާޢީލް އަކީ މި ފަދަ ބޭފުޅެއްކަމާއި މެދު ޝައްކެއްނެތެވެ.

ޢަބްދުލްޙަސީބު އިސްމާޢީލަކީ ތަޢުލީމީގޮތުން ވަރަށް ޤާބިލު ހިތްތިރި މަޑުމައިތިރި މުރާލި ބޭފުޅެކެވެ. މަޖީދިއްޔާ ސްކޫލުން އޯލެވެލް ނިންމުމަށްފަހު އޭލެވެލްގެ ކިޔެވުން ހަސީބް ފުރިހަމަކުރެއްވީ ސީ.އެޗް.އެސް.އީ އިންނެވެ. މީގެ އިތުރުން މަތީ ތަޢުލީމު ހާޞިލްކުރެއްވުމުމުގެ ގޮތުން އިންޑިއާގެ ގާޑަން ސިޓީ ކޮލެޖުން ބެޗެލަރސް އޮފް ކޮމާސް ( އެކައުންޓިންގ ) ވަނީ ފުރިހަމަކުރައްވާފައެވެ. ހަމައެހެންމެ ވިލާ ކޮލެޖުން މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ވަނީ ހާސިލް ކުރައްވާފައެވެ.

ވަޒީފާގެ އަދާކުރުމުގެ ގާބިލްކަމާއި ތަޖުރިބާއައް ބަލާއިރު ހަސީބަކީ ތަފާތު އެތައް މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެއްކަން ފާހަގަ ކޮށްލަމެވެ. މިގޮތުން ނޭޝަނަލް ސެކިއުރިޓީ ސާވިސަސްގެ އެކައުންޓްސް އެސިސްޓަންޓްކަމާއި، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންގެ އެސިސްޓަންޓް އެކައުންޓްސް އޮފިސަރކަމާއި، ކްރިމިނަލް ކޯޓުގެ ހެޑް އޮފް ބަޖެޓް އެންޑް ފައިނޭންސް ސެކްޝަންގެ އެސިސްޓަންޓް ޑިރެކްޓަރ ކަމާއި މިނިސްޓްރީ އޮފް ފިނޭންސްގެ ޕަބްލިކް އެކައުންޓްސް އެގްޒެކެޓިވްގެ މަޤާމުވެސް ފުރުއްވާފައިވެއެ. އެންމެފަހުން ހަސީބު އަދާ ކުރައްވާފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ފައިނޭންސް ސެކްޝަންގެ ޑިރެކްޓަރުގެ މަޤާމެވެ.

އެހެނިހެން ތަޖުރިބާތަކަށް ބަލާއިރު ހަސީބަކީ ސަރުކާރުގެ އެކި އޮފީސްތަކުގެ ތަފާތު ކޮމިޓީތަކުގެ މެންބަރުކަން ކުރައްވާފައިވާބޭފުޅެކެވެ. އެގޮތުން، ކްރިމިނަލް ކޯޓްގެ ޚަރަދުކޮމިޓީގެ މެންބަރުކަމާއި، މިނިސްޓްރީ އޮފް ޓޫރިޒަމް ގެ އެކްޓިވިޓީ ޓްރަސްޓް ފަންޑް މެންބަރުކަމާއި، ، މިނިސްޓްރީ އޮފް ފިނޭންސްގެ މާލިއްޔަތު ޤަވާޢިދު އިސްލާޙުކުރުމަށް އުފައްދާފައިވާ ކޮމިޓީ މެންބަރުކަމާއި، ، މިނިސްޓްރީ އޮފް ހެރިޓޭޖްގެ ހެރިޓޭޖް ޓްރަސްޓް ފަންޑް ކޮމިޓީ މެންބަރުކަމާއި، ، މިނިސްޓްރީ އޮފް ފިނޭންސްގެ ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ޤަވާޢިދާ ޚިލާފަށްކުރާ ކުށްތަކާ ގުޅިގެން ހުށަހަޅާ މައްސަލަތައް ބަލާ ކޮމިޓީ މެންބަރުކަމާއި، މިނިސްޓްރީ އޮފް ފިނޭންސްގެ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ މެންބަރުކަމާއި، ، ދައުލަތުގެ ޗާޓް އޮފް އެކައުންޓްސް އަދި ބަޖެޓް ކްލެސިފިކޭޝަންގެ ވޯކިން ގްރޫޕް މެންބަރުކަމާއި، ، ޓްރެޒަރީ ބިލްސް އޮކްޝަން ކޮމިޓީ އޮލަޓަނޭޓް މެންބަރުކަމާއި، ، މާލިއްޔަތު މައްސަލަބަލާ ވަގުތީ ކޮމިޓީ އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ބިޑް ކޮމިޓީގެ މެންބަރުކަން ފާހަގަކޮށްލެވެއެވެ.

އަދި މިނޫނަސް ރާއްޖެއާއި އިންޑިއާއާއި ތައިލެއްޑުފަދަ ބޭރުގެ ޤައުމުތަކުން ތަފާތު ޓްރެއިނިންތައްވެސް ހަސީބުވަނީ ހައްދަވާފައެވެ.

މި ބަޔާންކުރެވުނު ކަންތައްތަކުގެ އަލީގައި ޢަބްދުލްޙަސީބު އިސްމާޢިލްއަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޕާމަނަންޓް ސެކެޓްރީކަމަށް ތަޢުލީމާއި ތަޖްރިބާގެ ގޮތުން ވަރަށް ޤާބިލު އަދި ހުނަރުވެރި ބޭފުޅެއްކަމީ އެއްވެސް ޝައްކެތް އޮތްކަމެއްނޫނެވެ. އަޅުގަނޑުމެންގެ އުންމީދަކީ ޢަބްދުލްޙަސީބް އިސްމާއީލް މި މިނިސްޓްރީގެ ހިންގުން އާ ހަރުފަތަކަށް ގެންދަވާ ކަންކަން ހަރުދަނާ ކުރެއްވުމަށް ރަނގަޅު މަސައްކަތްތަކެއް ކުރެއްވުމެވެ. އަދި ހަމަ މި ފުރުޞަތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒާހިރު ޢަލީގެ ނަމުގައާއި އިސްލާމިކް މިނިސްޓްރީގެ އެންމެހާ މުވަޒަފުންގެ ނަމުގައާއި އަލަށް އައްޔަނު ކުރެވުނު ޕާމަނަންޓް ސެކެޓްރީ ( އަބްދުލް ހަޞީބަ އިސްމާޢީލް) އަށް ވަރަށް ޙޫނު މަރުޙަބާއެއް ދަންނަވަމެވެ. އަޅުގަނޑުމެންގެ ދުޢާއަކީ މިނިސްޓްރީ ހިންގެވުމަށް ޕީއެސް ކުރައްވާ މަސައްކަތުގައި ﷲ ކާމިޔާބު މިންވަރު ކުރެއްވުމެވެ. އާމީން

Leave a Reply