މިރޭގެ ހަނދުކޭތައަށްފަހު ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރާނެ


2018ޖަނަވަރީ 31 ވަނަ ދުވަހުގެ އިރުއޮއްސޭއިރު ހިފާ ހަނދު ކޭތައަށްފަހު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރާނެއެވެ

150 އަހަރަށްފަހު މިހިފާ ހަނދުކޭތަ (ސުޕަރ ބްލޫ ބްލަޑް މޫން) ރާއްޖެއަށް ފެންނަން ފަށާނެ ކަމަށް ލަފާ ކުރެވެނީ މިއަދު ހަވީރު 17:51 ހާ އިރުގައެވެ. އަދި ކޭތަ ވީއްލާނީ ރާއްޖޭގެ ގަޑިން 19:40 ހާ އިރު އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެވެސް އެއް މިސްކިތްތަކުގަ އާއި މާލޭގެ އިސްލާމީ މަރުކަޒުގައި މަޣްރިބު ނަމާދު ނިންމައި ފަސްމިނެޓްގެ ވަގުތުކޮޅަކަށްފަހު ކޭތަ ނަމާދުކުރުން އޮންނާނެއެވެ.

މިރޭގެ ހަނދުކޭތަ އަށް ފަހު ޚާއްޞަ ޚުޠުބާއެއް ކިޔުމަށްވަނީ ހަމަޖެހިފައެވެ.