ފުރަތަމަ ފަހަރަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމަށް ބޭފުޅަކު ހަމަޖައްސައިފި!


އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމަށް ހ. އުމަރުފަރު، އަލްއުސްތާޛު މުޙައްމަދު ރިޟާ ހަމަޖައްސަވާފިއެވެ.

އަލްއުސްތާޛު މުޙައްމަދު ރިޟާވަނީ މިޞްރުގެ އަލްއަޒްހަރު ޔުނިވާސިޓީން ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލުކުރައްވައި، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް އިން ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލުކުރައްވައި، ވިލާ ކޮލެޖުން މާސްޓާސް އޮފް ޝަރީޢަ ހައްދަވާފައެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމަކީ ޤާނޫނު ނަންބަރު 94/6 ގެ ދެވަނަ އިސްލާޙުގެ 23 ވަނަ މާއްދާގެ ދަށުން އެކުލަވާލެވުނު މަޤާމެކެވެ. އަލްފާޟިލް މުޙައްމަދު ރިޟާ މި މަޤާމަށް ހަމަޖައްސާފައިވަނީ، އެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ނަން ހުށަހެޅުއްވި ފަރާތްތަކުގެ ތެރެއިން، އެ މަޤާމަށް އެންމެ ޤާބިލު ބޭފުޅެއް ކަމުގައި ހޮވިވަޑައިގެންފައިވާތީއެވެ.

އަލްއުސްތާޛު މުޙައްމަދު ރިޟާ އެންމެ ފަހުން ހުންނެވީ ސިވިސް ސާވިސް ކޮމިޝަންގެ ޑިރެކްޓަރ ކަމުގެ މަޤާމުގައެވެ. އޭނާ ވަނީ 7 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސިވިސް ސާވިސް ކޮމިޝަންގެ ތަފާތު މަޤާމުތައް ފުރުއްވާފައެވެ.

02 ޖުލައި 2017