LOADING CLOSE

ދުނިޔޭގެ ހަލާލު ކައުންސިލުގެ 17ވަނަ އަހަރީ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު ޢަލީ ބައިވެރިވެ ވަޑައިގަންފި.

 

 

ނޮވެމްބަރު 11- 12 އިންޑޮނީސިއާގައި ކުރިއަށްގެންދާ ދުނިޔޭގެހަލާލް ކައުންސިލްގެ 17 ވަނަ އަހަރީ ބައްދަލުވުން ފާހަގަކުރުމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ބައިވެރިވަޑައިގަންފިއެވެ.

މިބައްދަލުވުން ބާއްވާފައިވަނީ އިންޑޮނީސިއާގެ ޖަކާޓާގެ “ސުލްތާބް ހޮޓެލް އެންޑް ރެސިޑަންސަސް” ގައެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވުނީ ހަލާލު އިންޑަސްޓްރީ ކުރިއަރުވާނެ ގޮތްތަކާއި، ހުރި ގޮންޖެހުންތަކާއި އަދި އެއްބަޔަކު އަނެއްބަޔަކަށް އެހީ ވެވިދާނެ ގޮތްތަކާއި ބެހޭގޮތުންނެވެ. މީގެ އިތުރުން މިކަންކަމާގުޅޭ ގޮތުން މަޝްވަރާކޮށް ކަރުދާސް ހުށަހެޅިފައިވެއެވެ. ހަމައެހެންމެ މިއީ ރާއްޖޭގެ ފަރާތުން ހަލާލު ކައުންސިލުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.

Leave a Reply