ޚަބަރު: އައު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒަށް ހޫނު މަރުޙަބާއެއް ކިޔުން


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި މި މިނިސްޓްރީއަށް އަލަށް އައްޔަން ކުރެއްވި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއަށް މިނިސްޓްރީގެ މުއައްޒަފުން ހޫނު މަރުޙަބާއެއް ކިޔާފިއެވެ.

މިއަދު ހެނދުނު އިސްލާމީ މަރުކަޒުގައި ބޭއްވުނު މި ޚާއްޞަ ހަރަކާތުގައި މި މިނިސްޓްރީގެ އިސްވެރިންނާއި މުއައްޒަފުންވަނީ ބައިވެރިވެފައެވެ. އަދި މީގެ އިތުރުން މިއަދު ހެނދުނު އަލަށް އައްޔަނު ކުރެވުނު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ މިނިސްޓްރީގެ މުއައްޒަފުންނާ ބައްދަލުކުރައްވާ މުޚާތަބު  ކުރައްވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އަޅުގަނޑުމެން އެންމެ މުހިންމު އަމާޒަކަށް ވާންޖެހޭނީ އާންމު ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ވީހާވެސް ގާތުން ވީއެންމެ އަވަހަކަށް ފޯރުކޮށްދިނުން ކަމަށްވަނީ ވިދާޅުވެފައެވެ. އަދި އެއްވެސް ބޭފުޅެއްގެ އަރިހުން ޤާނޫނާއި ޤަވައިދާ ހިލާފު އެއްވެސް ކަމެއް ކުރަން ނުބުނާނެ ކަމަށާއި މިނިސްޓްރީގެ މަސައްކަތްތައް ޤާނޫނީ އިމުގެ ތެރެއިން ކުރުމަށް އިސްކަންދެއްވާނެ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ ވިދާޅުވެފައެވެ.

 

މީގެ އިތުރުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ދެ މުއައްސަސާ ކަމަށްވާ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މުއައްޒަފުންނާއި ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ މުއައްޒަފުންނާވަނީ ބައްދަލުކުރައްވާފައެވެ.

19 ނޮވެންބަރު 2018