ޚަބަރު: ސަޢުދީ އަރަބިއްޔާ އިން ހަދިޔާކުރެއްވި ކަދުރު ބަހައި ނިންމާލުން 23.7.2018


ކިންގް ސަލްމާން ހިއުމޭނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރުން ދިވެހިރާއްޖެއަށް ހަދިޔާކުރެއްވި ފަންސާސް މެޓްރިކް ޓަނުގެ ކަދުރު ގޭބިސީތަކަށް ބަހައި ނިންމާލައިފިއެވެ.

މާލެ ސިޓީއާއި، އައްޑޫ ސިޓީއާއި، ފުވައްމުލަކު ސިޓީ، އަދި އަތޮޅުތަކުގެ ރަށްރަށުގައި މީހުން ދިރިއުޅޭ ގޭބިސީތަކުގެ ޢަދަދު ބެލުމަށްފަހު، ކޮންމެ ގޭބިސީއަކަށް 1 ޕަކެޓް ކަދުރު ދޭ އުޞޫލުން ކަދުރު ބަހައި ނިންމާލާފައިވަނީ 22 ޖުލައި 2018 ވީ އާދިއްތަދުވަހުއެވެ.

މާލެއާއި އަތޮޅުތެރެއިން ޖުމްލަ 24345 ގޭބިސީއަށް ކަދުރު ބަހާފައިވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުން 43 ރަށު ކައުންސިލުން ކަދުރާ ހަވާލުވެފައިވެއެވެ. އަތޮޅުތެރެއިން ޖުމްލަ 13052 ގޭބިސީއަށް ވަނީ ކަދުރު ހަވާލުކޮށްފައެވެ.

23 ޖުލައި 2018