LOADING CLOSE
Entries by Islamic Affairs

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ށ. ފުނަދޫ ކައުންސިލް އިދާރާގެ ބޭފުޅުންނާއި ބައްދަލު ކުރައްވައިފި

 

މިނިސްޓަރ އޮފް އިސްލާމިކް ށ. ފުނަދޫ ކައުންސިލް އިދާރާގެ ބޭފުޅުންނާއި ރަށުގެ އިސް ރަށްވެހިނާބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ 14 ނޮވެމްބަރު 2019 ވަނަ ދުވަހު ފުނަދޫ ކައުންސިލް އިދާރާގައެވެ.

ދުނިޔޭގެ ހަލާލު ކައުންސިލުގެ 17ވަނަ އަހަރީ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު ޢަލީ ބައިވެރިވެ ވަޑައިގަންފި.

 

 

ނޮވެމްބަރު 11- 12 އިންޑޮނީސިއާގައި ކުރިއަށްގެންދާ ދުނިޔޭގެހަލާލް ކައުންސިލްގެ 17 ވަނަ އަހަރީ ބައްދަލުވުން ފާހަގަކުރުމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ބައިވެރިވަޑައިގަންފިއެވެ.

މިބައްދަލުވުން ބާއްވާފައިވަނީ އިންޑޮނީސިއާގެ ޖަކާޓާގެ “ސުލްތާބް ހޮޓެލް އެންޑް ރެސިޑަންސަސް” ގައެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވުނީ ހަލާލު އިންޑަސްޓްރީ ކުރިއަރުވާނެ ގޮތްތަކާއި، ހުރި ގޮންޖެހުންތަކާއި އަދި އެއްބަޔަކު އަނެއްބަޔަކަށް އެހީ ވެވިދާނެ ގޮތްތަކާއި ބެހޭގޮތުންނެވެ. މީގެ އިތުރުން މިކަންކަމާގުޅޭ ގޮތުން މަޝްވަރާކޮށް ކަރުދާސް ހުށަހެޅިފައިވެއެވެ. ހަމައެހެންމެ މިއީ ރާއްޖޭގެ ފަރާތުން ހަލާލު ކައުންސިލުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.

މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ރ. ހުޅުދުއްފާރު އަދި ރ. ކިނޮޅަސް ކައުންސިލް އިދާރާގެ ބޭފުޅުންނާ ބައްދަލުކުރައްވައިފި

 

މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު އަދި ކިނޮޅަސް ކައުންސިލް އިދާރާގެ ބޭފުޅުންނާ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު އަލީ ބައްދަލުކުރައްވާފިއެވެ.

އިއްޔެ މި މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރގެ އިތުރުން މި މިނިސްޓްރީގެ ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުންވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި މި ދެ ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސާއި ނައިބު ރައީސްގެ އިތުރުން ކައުންސިލް މެމްބަރުންވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދީނީ ކަންތައްތައް ކުރި އަރުވާނެ ގޮތްތަކާއި، މިސްކިތްތައް މަރާމާތު ކުރުމާއި މުވައްޒަފުންގެ ކަންކަމާ ގުޅޭގޮތުންނެވެ. އަދި މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ “ރާއްޖޭގެ މިސްކިތްތަކުގައި ޤުރުއާން ކިޔަވާ ދިނުމުގެ މަޝްރޫޢު” މި ދެ ރަށުގައި ކުރިއަށް ގެންދާ ގޮތާއި ބެހޭގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު ވަނީ ގިނަ އަދަދެއްގެ ކައުންސިލްތަކާ ބައްދަލުކުރައްވާފައެވެ.

A2 ފޯމް

 

 

 

 

 

  • [Download not found]

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ޙައްޖު/ޢުމްރާއާ ގުޅޭ

 

 

 

 

 

 

 

ޤަވާޢިދު / އުޞޫލުތައް

 

 

 

 

  • [Download not found]