މި މިނިސްޓްރީން އިސްނަގައިގެން ބާއްވަމުން އަންނަ އިސްލާމިކް ފެއަރ ބާއްވައިފި


ނިސްޓްރީން އިންތިޒާމުކޮށްގެން ސިލްސިލާކޮށް ބާއްވަމުން އަންނަ “އިސްލާމިކް ފެއަރ” ބާއްވައިފިއެވެ. 2017 ޑިސެންބަރު 22 ވަނަ ދުވަހުގެ ރޭ ފެއަރ ހުޅުވައިދެއްވައި މިނިސްޓަރ އޮފް ހެލްތް އަބްދުﷲ ނާޒިމް އެވެ. “ޚާއްސަކޮށް ގިނަ ބަޔަކު މީގައި ބައިވެރިކޮށްގެން މިކަން ކުރިއަށް ގެންދެވޭކަމީ އަޅުގަނޑުމެން ހާސިލުކުރަން ބޭނުންވާ މަޤްސަދު ހާސިލުކުރުމަށްޓަކައި ވަރަށް މުހިންމުކަމެއް.” މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހެލްތް އަބްދުﷲ ނާޒިމް ވަނީ  ވިދާޅުވިއެވެ.

މި މަހުގެ 22 ން 24 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ފެއާ ބޭއްވީ އިސްލާމީ މަރުކަޒާއި، އިސްލާމީ މަރުކަޒު މައިދާން ހިމެނޭ ސަރަހައްދުގައެވެ.

މި ފެއަރގައި ސަރުކާރު މުއައްސަސާތަކާއި ޔުނިވަރސިޓީތަކާއި އަމިއްލަ ޖަމިއްޔާ ޖަމާޢަތްތަކާއި ބުކްޝޮޕްތަކުގެ އިތުރުން ބައެއް ސްކޫލްތަކުގެ ފަރާތުންވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި ހިމެނޭ ސަރުކާރުގެ މުއައްސާތަކުގެ ތެރޭގައި މީރާ، ކީރިތި ޤުރުއާނާ ބެހޭ މަރުކަޒް، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މޯލްޑިވްސް ޚައްޖު ކޯޕަރޭޝަން ވެެއެވެ. ޔުނިވަރސިޓީތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އަދި ި މޯލްޑްވިސް އިސްލާމިކް ޔުނިވަރސިޓީ ހިމެނެއެވެ. ބުކްޝޮޕް ގެތެރޭގައި އިރާއި ބުކްޝޮޕް އަދި އެމް ސެވަން ހިމެނެއެވެ. މީގެ އިތުރުން މެސެޖް އޮފް އިސްލާމުންވެސް މި ފެއަރގައި ވަނީ ބައިވެރިވެފައެވެ.

މި ފެއަރގައި ކުޑަކުދިންނަށް ޙާއްޞަކޮށްގެން ސްޓޭޖް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު ރައްޔިތުން ހޭލުންތެރި ކުރުމަށްޓަކައި ރޭގަނޑު ދަންފަޅީގައި މުޖުތަމައުގައި ދިމާވާ އެކި މައްސަލަތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓްތަކެއްވަނީ ދައްކާފައެވެ، އަދި ކުޑަކުދިން ޝަޢުޤުވެރިވާ ފަދަ ދީނީ ގޭމް ސްޓޯލްތައް ވަނީ މި ސަރަހައްދުގައި ވަނީ ބަހެއްޓިފައެވެ. އިސްލާމީ މަރުކަޒުގެ ހޯލް އިސްލާމީ ތާރީޚް ދައްކުވައިދޭ އާރޓް ގެލެރީއަކަށް ޚާއްޞަ ކުރެވިފައިވާއިރު ރައްޔިތުންގ ހިތްތަކުގައި އުފެދޭ ދީނީ ސުވާލުތަކަށް ޖަވާބު ދިނުމަށްޓަކައި އިސްލާމިކް ކައުންސިލިންގ ބޫތް ތަކެއްވެސްވަނީ މިފެއަރގައި ބަހައްޓާފައެވެ. މީގެ އިތުރުން ޚާއްޖުގެ މާތް އަޅުކަން އަދާ ކުރާނެ ގޮތުގެ ޑެމޯތަކެއްވަނީ ފެއަރގައި ބައިވެރިވި ފަރާތްތަކަށް ދައްކާލާފައެވެ.

މި މިނިސްޓްރީގެ ފަރާތުން ބަލަހައްޓަމުންދާ ދެ ފަންޑުކަމުގައިވާ ދީނީ ފަންޑާއި، ވަޤުފް ފަންޑުގެ އެހީވާން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ފަންޑު ފޮށިތަށް މި ފެއާގައި ބަހައްޓާފައެވެ.

ތިން ދުވަހުގެ ނިޔަލަށް ކުރިއަށް ދިޔަ މި ފެއަރގެ ހަރަކާތްތައް ކޮންމެ ދުވަހެއްގެ ހަވީރު ހަތަރަކުން ހަޔަކަށް އަދި ރޭގަނޑު އަށަކުން ދިހަޔަކަށް ކުރިއަށް ގެންގިސްފައެވެ.