ލަނޑުދަނޑިތައް


ތަޞައްވުރު

ދިވެހި މުޖުތަމަޢަކީ އިސްލާމްދީނުގައި ސާބިތުވެތިބޭ، ދީނީ ކަންކަމުގައި ހޭލުންތެރި މުޖުތަމަޢަކަށްވުން
 

މިޝަން

ދީނީ ޝިޢާރު ފާޅުކުރުމާއި ދީނީ މަޢުލޫމާތު ދިނުމުގައި ފަސޭހަ ގޮތްތަކެއް ރާވައި ދީނީ އެއްބައިވަންތަކަމާއި، ހޭލުންތެރިކަން ދިވެހިންގެމެދުގައި އިތުރުކުރުން
 

ލަނޑުދަނޑިތައް

ދިވެހި މުޖުތަމަޢުގައި އިސްލާމީ ޢަޤީދާ ހަރުދަނާކުރުން

ދިވެހިންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުން

ރާއްޖޭގެ ރަށްރަށުގައި ޒަމާނާއި އެކަށީގެންވާ ފެންވަރު ރަނގަޅު މިސްކިތްތަކެއް ބިނާކުރުން

ދިވެހިންނަކީ ތަޖްވީދުމަގުން ޤުރުއާން ކިޔަވަންދަންނަ، ބައިނަލް އަޤްވާމީ ފެންވަރުގައި ވާދަކުރާނެ ބަޔަކަށް ހެދުން

މިސްކިތްތަކާ ޙަވާލުވެތިބި މުދިމުންނާއި އިމާމުންގެ ފެންވަރުމަތިކޮށް އެކަމަށް ބޭނުންވާ އިތުރު މީހުން ތަމްރީނު ކުރުން

ދީނީގޮތުން ފާހަގަކުރަންޖެހޭ އެކިއެކި ދީނީ މުނާސަބާތްތަކާއި ދުވަސްތައް ޤައުމީ ފެންވަރުގައި ފާހަގަކުރުން

މުވައްޒަފުންގެ ޤާބިލުކަން އިތުރު ކުރުމަށް ޓަކައި  އޮފީފުގެ މަސައްކަތު މާޙައުލު ރަނގަޅުކުރުމާއިއެކު ކަމާއިގުޅޭ  ދާއިރާތަކުން މުވައްޒަފުން ތަމްރީނު ކުރުމާއި ޒަމާނީ ހުނަރުވެރިކަން އިތުރުކުރުވާ، މަސައްކަތަށް އިސްނެގުމުގެ ރޫޙު އަށަގެންނެވުން