“މަސްޖިދު ތަޤްވާ” ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވާދެއްވައިފި


ސަޢުދީ އަރަބިއްޔާގެ ސަރުކާރުގެ ދީލަތި ހިލޭ އެހީގެ ދަށުން ނ. މާޅެންދޫގައި އިމާރާތްކުރި “މަސްޖިދު ތަޤްވާ” ރަސްމީކޮށް ހުޅުވައިފިއެވެ. މިއަދު ހެނދުނު ބޭއްވުނު ރަސްމިއްޔާތެއްގައި މިސްކިތް ހުޅުއްވައިދެއްވީ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމްއެވެ.

500 މީހުންގެ ޖާގައިގެ މި މިސްކިތް އިމާރާތް ކުރުމަށްޓަކައި ސަޢުދީ އަރަބިއްޔާގެ ސަރުކާރުގެ ފަރާތުންވަނީ 5 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. މި މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް “އިނޯކާ” ކުންފުންޏާއި ހަވާލު ކުރި އިރު މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވަނީ މި އަހަރުގެ ޖޫން މަހު އެވެ.

 

މިއަދު ބޭއްވުނު މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީގެ ބޭފުޅުންގެ އިތުރުން މިނިސްޓްރީގެ ބައެއް އިސްވެރިންވަނީ ބައިވެރިވެ ވަޑައިގެންފައެވެ.