ރިބާ ހަރާމްކުރެއްވުނު މަރުޙަލާތައް


ރިބާގެ މުޢާމަލާތް ބެހިގެން އަންނަގޮތަށް ބަލާއިރު މައިގަނޑުގޮތެއްގައި އެކަން ބިނާވެފައިވަނީ ފައިދާ ލިބިގަތުމުގެ މައްޗަށެވެ. އެހެންނަމަވެސް އިސްލާމީ ޝަރީޢަތުގައި ފައިދާ ލިބިގަތުމާއި ފައިދާ ހޯދުމުގައިވަނީ ހާމަކަން ބޮޑު މަގުތަކެއް ކަނޑައަޅުއްވާފައެވެ. އެކަންވަނީ ކީރިތި ޤުރުއާންގައި ވަރަށް ޞަރީހަކޮށް ބަޔާންކޮށްދެއްވާފައެވެ.
ribaa1

“ރިބާ ކާމީހުން، ޖިންނި މޮޔަވެގެން، شيطان އާ އަވަލާފައިވާ މީހެއްފަދައިން ބިޔަސިނގު ބަނޑު ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާ ފަދައިން މެނުވީ (قيامة ދުވަހުން އެއުރެން ކަށްވަޅުން) ނުތެދުވާނެތެވެ. އެހެނީ، އެއުރެން ބުނެއުޅުނީ، ވިޔަފާރި ވާކަން ކަށަވަރީ، ރިބާ ކަހަލަކަމެއް ކަމުގައެވެ. (ނަމަވެސް) ވިޔަފާރި ކުރުންވަނީ، ﷲ ހުއްދަ ކުރައްވާފައެވެ. އަދި، ރިބާ ވަނީ حرام ކުރައްވާފައެވެ. ފަހެ، އެމީހާގެ ވެރިރަސްކަލާނގެ حضرة ން ދެއްވާ وعظ އާއި نصيحة، އެމީހަކާ ހަމަޔަށް އައުމުން އެކަން (އެބަހީ: ރިބާ ކެއުން) ހުއްޓާލައިފި މީހާ (ދަންނާށެވެ!) ފަހެ، އިސްވެދިޔަ އެއްޗެއް އެމީހަކަށް ހުއްޓެވެ. (އެބަހީ: ރިބާ ގެ حكم ތައް އައުމުގެ ކުރިން އޭނާ ބޭނުންކުރި ތަކެތި މާފުކުރައްވާފައި ވެއެވެ.) އަދި، އެމީހެއްގެ ކަންތައްއޮތީ، اللَّه އަށް خاص ވެގެންނެވެ. އަދި، އަލުން (އެކަމަށް) އެނބުރި އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ނަރަކައިގެ أهل ވެރިންނެވެ. އެއުރެންނީ އެތާނގައި ދެމިތިބެނިވި ބަޔެކެވެ.”﴿سورة البقرة- 275

އިސްވެދިއަ އާޔަތުން އެނގޭގޮތުއި ރިބާގެ މުޢާމަލާތް ބެހިގެން ވަނީ ދެބަޔަކަށެވެ. އެއީ އުފެއްދުމަށް ނެގޭ ވިޔަފާރިގެ ދަރަނިންނާއި، ތިމާގެ ޟަރޫރަތްތައް ފުރިހަމަކުރުމަށް ނެގޭ ނެގުމުންނެވެ. މިދެގޮތުން ނެގޭ ދަރަނި އަދާކުރުމުގައިވެސް އިތުރުކުރުމަށް ޝަރުތުކުރުން ނުވަތަ އިތުރުކޮށް އަތުލުމަކީ ރިބާއެވެ. އެހެންކަމުން ރިބާ ހިމެނޭ މުޢާމަލާތްތަކަކީ ދަރަނި އަދާކުރުމުގައި އިތުރުކުރުމަށް ޝަރުތުކުރެވޭ ކޮންމެ މުޢާމަލާތެކެވެ. އެއީ ދަރަންޏެއް، ނުވަތަ ބޭންކު ލޯނެއްކަމަށް ވީނަމަވެސް ވިޔަފާރިއަކާނުލައި އިތުރުކުރުމާއިއެކު ކުރެވޭ މިފަދަ މުޢާމަލާތްތައް ވާނީ ރިބާއަށެވެ. ހަމައެބީދައިން ބޭންކުގައި ތިމާ ބަހައްޓާ ފައިސާއިން ނަގާ އިންޓަރެސްޓާއި، މިފަދަގޮތަކުން ތިމާގެ މަސައްކަތަކާ ނުލައި ނުވަތަ އިސްލާމްދީން ހުއްދަކުރާ ވިޔަފާރީގެ އުސޫލުތަކުން ބޭރުން ހޯދާ އިތުރު ފައިދާވެސް ވާނީ ރިބާގެ މަފުހޫމްގެ ތެރޭގައެވެ. މިއަދުގެ ހާލަތަށް ބަލާއިރު، ވިޔަފާރި މުޢާމަލާތްތަކާއި އެނޫންވެސް ފައިސާގެ މުޢާމަލާތަކަށް އައިސްފައިވާ ބަދަލުތަކުން ރިބާ ހިމެނޭ މުޢަމަލާތެއްކަން ނުވަތަ ނޫންކަން ނޭނގޭ މިންވަރަށް މިވަނީ ރިބާ އާންމުވެފައެވެ. އެކަންވަނީ މީގެ 1400 އަހަރު ކުރިން މިއުންމަތުގެ މާތް ސާހިބާ އަންގަވައިދެއްވާފައެވެ.

ribaa2

ރިބާ ހަރާމް ކުރެވުނު މަރުޙަލާތައް

  1. ފުރަތަމަ މަރުހަލާ:

މި މަރުހަލާގައި ވަނީ ރިބާއާއި ޒަކާތާއި ޞަދަގާތާއި އަޅާ ކިޔުއްވާފައެވެ. އަދި ރިބާއަކީ ޒަކާތާއި

ޞަދަގާތަށް ވުރެން ފައިދާ ކުޑަ ކަމެއްކަން ބަޔާން ކުރައްވާފައެވެ. ދަލީލު ރޫމް ސޫރަތުގެ 39 ވަނަ އާޔަތް وَمَا آتَيْتُم مِّن رِّ‌بًا لِّيَرْ‌بُوَ فِي أَمْوَالِ النَّاسِ فَلَا يَرْ‌بُو عِندَ اللَّـهِ ۖ وَمَا آتَيْتُم مِّن زَكَاةٍ تُرِ‌يدُونَ وَجْهَ اللَّـهِ فَأُولَـٰئِكَ هُمُ الْمُضْعِفُونَ (އަދި މީސްތަކުންގެ މުދަލުން رِبا ގެ ގޮތުގައި އިތުރުވުމަށްޓަކައި ތިޔަބައިމީހުން ދިން އެއްޗެއް، اللَّه ގެ حضرة ގައި އިތުރުވެގެން ނުދާނެތެވެ. އަދި اللَّه ގެ وجه ފުޅު އެދިގެން زكاة ގެ ގޮތުން ތިޔަބައިމީހުން ދިން އެއްޗަކާމެދު (ދަންނާށެވެ!) އިތުރުކުރާ ބަޔަކީ ހަމަ އެއުރެންނެވެ.)

  1. ދެވަނަ މަރުހަލާ:

މި މަރުހަލާގައި ރިބާއަކީ ޔަހޫދީން ކުރާކަމެއްކަމާއި އެއީ ޡުލްމެއްކަން ބަޔާން ކުރައްވާފައިވެއެވެ.

މާތްﷲ ވަޙީކުރައްވާފައިވެއެވެ. فَبِظُلْمٍ مِّنَ الَّذِينَ هَادُوا حَرَّ‌مْنَا عَلَيْهِمْ طَيِّبَاتٍ أُحِلَّتْ لَهُمْ وَبِصَدِّهِمْ عَن سَبِيلِ اللَّـهِ كَثِيرً‌ا وَأَخْذِهِمُ الرِّ‌بَا وَقَدْ نُهُوا عَنْهُ وَأَكْلِهِمْ أَمْوَالَ النَّاسِ بِالْبَاطِلِ ۚ وَأَعْتَدْنَا لِلْكَافِرِ‌ينَ مِنْهُمْ عَذَابًا أَلِيمًا (يهودى ން ކަމުގައިވީ މީހުންނަށް حلال ކުރައްވާފައިވާ ރަނގަޅު ތަކެތި، އެއުރެންގެ މައްޗަށް ތިމަންރަސްކަލާނގެ حرام ކުރެއްވީ، އެއުރެން އަނިޔާވެރިވުމުގެ ސަބަބުންނެވެ. އަދި، އެއުރެން اللَّه ގެ މަގުގައި ގިނަގިނައިން ހުރަސްއަޅައި އުޅުމުގެ ސަބަބުންވެސް މެއެވެ. އަދި، އެއުރެންނަށް އެކަންތައް ނަހީކުރައްވާފައިވާ حال ގައި، އެއުރެން رِبا ހިފިކަމުގެ ސަބަބުންނެވެ. އަދި، މީސްތަކުންގެ މުދާތައް باطل ގޮތުގައި އެއުރެން ކެއުމުގެ ސަބަބުންނެވެ. އެއުރެންގެ ތެރެއިން كافر ކަމުގައި ދެމިތިބިމީހުންނަށް، ވޭންދެނިވި عذاب ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ.) (سورة النساء 160-161)

  1. ތިން ވަނަ މަރުހަލާ:

މި މަރުހަލާގައި އަންގަވަނީ ރިބާގެ މައްޗަށް ރިބާ ކައިގެން ނުވާނެ ކަމަށެވެ.

މާތްﷲ ވަޙީކުރައްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا الرِّ‌بَا أَضْعَافًا مُّضَاعَفَةً ۖ وَاتَّقُوا اللَّـهَ لَعَلَّكُمْ تُفْلِحُونَ (އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ގިނަގުނަވެގެންވާ ގުނަތަކެއްގެ ގޮތުގައި ތިޔަބައިމީހުން رِبا ނުކާށެވެ! އަދި، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އެއީ، ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ. (ނޯޓު: މި آية ގައި ގިނަގުނަވެގެންވާ ގުނަތަކެއްގެ ގޮތުގައި رِبا ނުކެއުމަށް އެންގެވުމަކުން، އެނޫންގޮތެއްގައި رِبا ކެއުން ހުއްދައެއް ނުވެއެވެ.)) (سورة آل عمران 130)

  • ހަތަރުވަނަ މަރުހަލާ:

މި މަރުހަލާގައި ރިބާ މުޅިން ހަރާމް ކުރެއްވިއެވެ.

މާތްﷲ ވަޙީކުރައްވާފައިވެއެވެ. الَّذِينَ يَأْكُلُونَ الرِّ‌بَا لَا يَقُومُونَ إِلَّا كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ ۚ ذَٰلِكَ بِأَنَّهُمْ قَالُوا إِنَّمَا الْبَيْعُ مِثْلُ الرِّ‌بَا ۗ وَأَحَلَّ اللَّـهُ الْبَيْعَ وَحَرَّ‌مَ الرِّ‌بَا ۚ فَمَن جَاءَهُ مَوْعِظَةٌ مِّن رَّ‌بِّهِ فَانتَهَىٰ فَلَهُ مَا سَلَفَ وَأَمْرُ‌هُ إِلَى اللَّـهِ ۖ وَمَنْ عَادَ فَأُولَـٰئِكَ أَصْحَابُ النَّارِ‌ ۖ هُمْ فِيهَا خَالِدُونَ (275) (رِبا ކާމީހުން، ޖިންނި މޮޔަވެގެން، شيطان އާ ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާ ފަދައިން މެނުވީ (قيامة ދުވަހުން އެއުރެން ކަށްވަޅުން) ނުތެދުވާނެތެވެ. އެހެނީ، އެއުރެން ބުނެއުޅުނީ، ވިޔަފާރި ވާކަން ކަށަވަރީ، رِبا ކަހަލަކަމެއް ކަމުގައެވެ. (ނަމަވެސް) ވިޔަފާރި ކުރުންވަނީ، اللَّه، ހުއްދަ ކުރައްވާފައެވެ. އަދި، رِبا ވަނީ حرام ކުރައްވާފައެވެ. ފަހެ، އެމީހާގެ ވެރިރަސްކަލާނގެ حضرة ން ދެއްވާ وعظ އާއި نصيحة، އެމީހަކާ ހަމަޔަށް އައުމުން އެކަން (އެބަހީ: رِبا ކެއުން) ހުއްޓާލައިފި މީހާ (ދަންނާށެވެ!) ފަހެ، އިސްވެދިޔަ އެއްޗެއް އެމީހަކަށް ހުށްޓެވެ. (އެބަހީ: رِبا ގެ حكم ތައް އައުމުގެ ކުރިން އޭނާ ބޭނުންކުރި ތަކެތި މާފުކުރައްވާފައި ވެއެވެ.) އަދި، އެމީހެއްގެ ކަންތައްއޮތީ، اللَّه އަށް خاص ވެގެންނެވެ. އަދި، އަލުން (އެކަމަށް) އެނބުރި އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ނަރަކައިގެ أهل ވެރިންނެވެ. އެއުރެންނީ އެތާނގައި ދެމިތިބެނިވި ބަޔެކެވެ.) يَمْحَقُ اللَّـهُ الرِّ‌بَا وَيُرْ‌بِي الصَّدَقَاتِ ۗ وَاللَّـهُ لَا يُحِبُّ كُلَّ كَفَّارٍ‌ أَثِيمٍ 276 (اللَّه، رِبا އުނިކުރައްވައި، އޭގެ بركات ނެތިކުރައްވައެވެ. އަދި، صدقات އިތުރު ކުރައްވައެވެ. (އެބަހީ: ދުނިޔޭގައި އޭގެ بركات އިތުރު ކުރައްވައި، آخرة ގައި އޭގެ ދަރުމަ ގިނަގުނަ ކުރައްވައެވެ.) އަދި، ފާފަވެރި، ކޮންމެ كافر އަކު ދެކެ، اللَّه ލޯބިވެ ވޮޑިގެނެއް ނުވެއެވެ.) إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ لَهُمْ أَجْرُ‌هُمْ عِندَ رَ‌بِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ (277) (ހަމަކަށަވަރުން، إيمان ވެ، صالح عمل ތައް ކޮށް، ނަމާދު قائم ކޮށް، زكاة ދީ އުޅުނު މީހުންނަށް އެއުރެންގެ ދަރުމަ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި ވެއެވެ. އަދި، އެއުރެންގެ މައްޗަށް އެއްވެސް ބިރެއް ނެތެވެ. އަދި، އެއުރެންނަކީ، ހިތާމަ ކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ.) يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَذَرُ‌وا مَا بَقِيَ مِنَ الرِّ‌بَا إِن كُنتُم مُّؤْمِنِينَ (278) (އޭ إيمان ވެއްޖެ މީސްތަކުންނޭވެ! اللَّه އަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! އަދި، ތިޔަބައިމީހުން مؤمن ން ކަމުގައިވާނަމަ، رِبا ގެ ތެރެއިން ބާކީ (ލިބޭން) ހުރި އެއްޗެއް ތިޔަބައިމީހުން ދޫކޮށްލާށެވެ!) فَإِن لَّمْ تَفْعَلُوا فَأْذَنُوا بِحَرْ‌بٍ مِّنَ اللَّـهِ وَرَ‌سُولِهِ ۖ وَإِن تُبْتُمْ فَلَكُمْ رُ‌ءُوسُ أَمْوَالِكُمْ لَا تَظْلِمُونَ وَلَا تُظْلَمُونَ (279) (ފަހެ، ތިޔަބައިމީހުން (ނަށް أمر ވެވިގެންވާ ގޮތަށް) عمل ނުކޮށްފިނަމަ، اللَّه އާއި، އެކަލާނގެ رسول އާގެ حضرة ން ހަނގުރާމައެއް އަތުވެދާނެކަމަށް ތިޔަބައިމީހުން يقين ކޮށް ދެނެގަންނަ ހުށިކަމެވެ! ތިޔަބައިމީހުން (رِبا ދޫކޮށް) އެނބުރި رجوع ވެ توبة ވެއްޖެނަމަ ތިޔަބައިމީހުންގެ رأس المال ތައް، ފަހެ، ތިޔަބައިމީހުންނަށް ހުށްޓެވެ. (އިތުރުކޮށްގެން) ތިޔަބައިމީހުން އަނިޔާވެރި ނުވާ ގޮތުގައެވެ. އަދި، (އުނިވުމުން) ތިޔަބައިމީހުންނަށްވެސް އަނިޔާ ނުލިބޭ ގޮތުގައެވެ.) وَإِن كَانَ ذُو عُسْرَ‌ةٍ فَنَظِرَ‌ةٌ إِلَىٰ مَيْسَرَ‌ةٍ ۚ وَأَن تَصَدَّقُوا خَيْرٌ‌ لَّكُمْ ۖ إِن كُنتُمْ تَعْلَمُونَ (280) (އަދި، (ދަރަނިވެރިޔާއަކީ) އަތްމަތި ދަތި މީހަކު ކަމުގައިވާނަމަ، ފަހެ، (އެމީހާއަށް) ތަނަވަސްކަމެއް ލިބެންދެން (އޭނާއަށް) مهلة ދޭ ހުށިކަމެވެ! އަދި، ތިޔަބައިމީހުން (އެ ދަރަނީން) صدقات ކުރުން (އެބަހީ: އެ ދަރަނި މާފުކުރުން) ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. ތިޔަބައިމީހުންނަށް (އެކަން) އެނގޭ ކަމުގައި ވާނަމައެވެ.) وَاتَّقُوا يَوْمًا تُرْ‌جَعُونَ فِيهِ إِلَى اللَّـهِ ۖ ثُمَّ تُوَفَّىٰ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ (281) (އެދުވަހެއްގައި، اللَّه ގެ حضرة އަށް ތިޔަބައިމީހުން رجوع ކުރައްވާނޭ ދުވަހަކަށް، ތިޔަބައިމީހުން ރައްކާތެރިވެ ބިރުވެތިވާށެވެ! ދެން، ކޮންމެ نفس އަކަށްމެ، އެ نفس އެއް ހޯދި ކަމެއްގެ ޖަޒާ (އެދުވަހުން) ލިބޭނެތެވެ. އަދި، އެއުރެންނަށް ބޭއިންސާފެއް ނުކުރައްވާ ހުށްޓެވެ.) (سورة البقرة 275-281)

 

ޑރ. ޢާއިޝަތު މުނީޒާ