LOADING CLOSE

ލ. ގަމު މަތިމަރަދޫ މިސްކިތް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

 

ލ.ގަމު މަތިމަރަދޫގައި މިސްކިތެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. ޒަކާތު ފަންޑުން ޚަރަދުކޮށްގެން އިމާރާތްކުރުމަށް ހަމަޖެހިފައިވާ މިސްކިތް އެޅުމަށް ހަވާލުކޮށްފައިވަނީ އަފާމީ މޯލްޑިވްސް ޕވޓ ލޓޑ އާއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު ޢަލީއެވެ.  އަފާމީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަމީން މުޙައްމަދެވެ.

500 މީހުންގެ ޖާގައިގެ މި މިސްކިތަކީ ޒަކާތު ފަންޑުން ޚަރަދުކޮށްގެން އިމާރާތްކުރާ ދެވަނަ މިސްކިތެވެ. މި މިސްކިތަށް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ 4،900345.26 ރުފިޔާއެވެ. ޖުމްލަ 365 ދުވަހުން އިމާރާތްކޮށް ނިންމުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ މަތިމަރަދޫ ރައްޔިތުންނަށް މިސްކިތަކަށް ވަރަށް ބޮޑަށް ބޭނުންވެފައިވާތީ އިމާރާތްކުރާ މިސްކިތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މިސްކިތުގެ މަސައްކަތްތައް ނިންމާލަދެއްވުމަށް އަފާމީ މޯލްޑިވްސް ޕވޓ ލޓޑ ގެ މެނޭޖިން ޑައިރެކްޓަރުގެ އަރިހުން މިނިސްޓަރ ވަނީ އެދިލައްވާފައެވެ.  މި ރަސްމިއްޔާތުގައި މިނިސްޓަރ ގެ އިތުރުން ލ.ގަމު ދާއިރާގެ މެމްބަރު މުޙައްމަދު ވިސާމް ވަނީ ބައިވެރިވެ ވަޑައިގަންފައެވެ.

ށ. ފުނަދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ، މިނިސްޓަރ ޑރ. އަޙްމަދު ޒާޙިރު އަޅުއްވައިދެއްވައިފި

 

ށ. ފުނަދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ، މިނިސްޓަރ ޑރ. އަޙްމަދު ޒާޙިރު މިއަދު އަޅުއްވައިދެއްވައިފިއެވެ. މި މިސްކިތަކީ ދައުލަތުގެ ބަޖެޓުން
4،529،846.29 ރ ( ހަތަރު މިލިއަން ފަސްލައްކަ ނަވާވިސް ހާސް އަށްސަތޭކަ ސާޅިސް ހަރުފިޔާ ނަވާވިސް ލާރި ) ޚަރަދުކުރާ ގޮތަށް ހައިމަން ކޮންސްޓަރަކްޝަން ޕްރައިވެޓް ލިމިޓަޑް އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. 180 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަމަޖެހިފައިވާ މި މިސްކަތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ.