LOADING CLOSE

ލ. ގަމު މަތިމަރަދޫ މިސްކިތް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

 

ލ.ގަމު މަތިމަރަދޫގައި މިސްކިތެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. ޒަކާތު ފަންޑުން ޚަރަދުކޮށްގެން އިމާރާތްކުރުމަށް ހަމަޖެހިފައިވާ މިސްކިތް އެޅުމަށް ހަވާލުކޮށްފައިވަނީ އަފާމީ މޯލްޑިވްސް ޕވޓ ލޓޑ އާއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު ޢަލީއެވެ.  އަފާމީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަމީން މުޙައްމަދެވެ.

500 މީހުންގެ ޖާގައިގެ މި މިސްކިތަކީ ޒަކާތު ފަންޑުން ޚަރަދުކޮށްގެން އިމާރާތްކުރާ ދެވަނަ މިސްކިތެވެ. މި މިސްކިތަށް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ 4،900345.26 ރުފިޔާއެވެ. ޖުމްލަ 365 ދުވަހުން އިމާރާތްކޮށް ނިންމުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ މަތިމަރަދޫ ރައްޔިތުންނަށް މިސްކިތަކަށް ވަރަށް ބޮޑަށް ބޭނުންވެފައިވާތީ އިމާރާތްކުރާ މިސްކިތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މިސްކިތުގެ މަސައްކަތްތައް ނިންމާލަދެއްވުމަށް އަފާމީ މޯލްޑިވްސް ޕވޓ ލޓޑ ގެ މެނޭޖިން ޑައިރެކްޓަރުގެ އަރިހުން މިނިސްޓަރ ވަނީ އެދިލައްވާފައެވެ.  މި ރަސްމިއްޔާތުގައި މިނިސްޓަރ ގެ އިތުރުން ލ.ގަމު ދާއިރާގެ މެމްބަރު މުޙައްމަދު ވިސާމް ވަނީ ބައިވެރިވެ ވަޑައިގަންފައެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި ސީސީޓީވީ ހަރުކުމުގެ އެއްބަސްވުމެއްގައި ސްޕެކްޓްރާ އެކްސްޓްރީމް ޕްރައިވެޓް ލިމިޓެޑާއި އެކު ސޮއިކުރައްވައިފި

 

އިސްލާމީ މަރުކަޒުގައި ސީސީޓީވީ ކެމެރާ ސަޕްލައިކޮށް ހަރުކުރުމުގެ މަސައްކަތް ކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، ސްޕެކްޓްރާ އެކްސްޓްރީމް ޕްރައިވެޓް ލިމިޓެޑާއި އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފިއެވެ. 35 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މި މަސައްކަތަށް ޚަރަދުކުރަން ހަމަޖެހިފައިވަނީ 595،449.98 ( ފަސްލައްކަ ނުވަދިހަފަސްހާސް ހަތަރުސަތޭކަ ސާޅީސްނުވަ ރުފިޔާ ނުވަދިހަ ލާރި ) އެވެ.

ޢިއާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ގއ. ގެމަނަފުށި އދ. ކުނބުރުދޫ އޭސީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

 

އިޢާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން އދ. ކުނބުރުދޫ މަސްޖިދުލް ރަޙްމާން މިސްކިތާއި އދި
ގއ. ގެމަނަފުށި މަސްޖިދުލް އިބްރާހީމް މިސްކިތް އޭސީ ކުރުމުގެ އެއްބަސް ވުމުގައި ސޮއި ކުރައްވައިފި.

މި އެއްބަސް ވުމުގައި ސޮއި ކުރެއްވީ މިނިސްޓަރ ޑރ.އަހުމަދު ޒާހިރު އަލީއާއި އަވި ޓެކްނޮލޮޖީސް ޕވޓ ލޓޑ ގެ ފާރާތުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަލްފާޟިލް ޙަަސަން ޔާސިރު

އދ.ކުނބުރުދޫ މިސަކިތަކީ 300 މީޙުންގެޖާގައިގެ މިސްކިތެއް އަދި މި މިސްކިތުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ 640،064.93 (ހަ ލައްކަ ސާޅީސް ހާސް ފަސްދޮޅަސް ހަތަރު ރުފިޔާ ނުވަދިހަ ތިން ލާރި) އަށް 10 ދުވަހުން ނިންމާ ގޮތަށް.

ގއ. ގެމަނަފުށި މަސްޖިދުލް އިބްރާހީމް މިސްކިތަކީ 710 މީހުންގެ ޖާގައިގެ މިސްކިތެއް އަދި މި މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 10 ދުވަހުން ނިންމާގޮތަށް 678،129.20 (ހަލައްކަ އެއްސަތޭކަ ނަވާވީސް ހާސް ވިހިލާރި) އަށް އަވި ޓެކްނޮލޮޖީސް ޕވޓ ލޓޑ އާއި އެވެ.

އިޢާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ޅ. ނައިފަރު މަސްޖިދުލް ޣުފްރާން އޭސީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

 

އިޢާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ޅ. ނައިފަރު މަސްޖިދުލް ޣުފްރާން އޭސީ ކުރުމުގެ އެއްބަސްވުމުގައި އަވި ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކުރުމުގެ ރަސްމިއްޔާތި ބާއްވައިފިއެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ.