މި ސަރުކާރު ފެށުނު ފަހުން މިހާތަނަށް 60 އަށްވުރެ ގިނަ އިމާމުން އިތުރު ތަމްރީނަށް ރާއްޖޭން ބޭރަށް ފޮނުވިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަަކަދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ފާއިތުވެދިޔަ 6 މަސް ދުވަހުގެ ތެރޭގައި ސަޢުދީ އަރަބިއްޔާއަށް އިމާމުންގެ ދެ ބެޗު އަދި ބުރޫނާއީއަށްވެސް އިމާމުން ފޮނުވިފައިވާކަމަށާއި މިއީ ލިބިފައިވާ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ. ވަޒީރު އިތުރަށް ވިދާޅުވީ، މި ޕްރޮގްރާމުތަކަށް ވަޑައިގަންނަވާ އިމާމުން މި ޕްރޮގްރާމުތަކުގެ މުހިއްމުކަމާއި، ޢިލްމީ ގޮތުން ގިނަ މަޢުލޫމާތުތަކެއް ލިބިގެންދާ ދަތުރުތަކެއްކަން ފާހަގަ ކުރައްވާކަމަށެވެ.
މީގެ އިތުރުން އިމާމުން އިތުރަށް ތަމްރީން ކުރުމުގެ މަޝްރޫއުގެ ދަށުން އިމާމުންނަށް ޕީއެޗްޑީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމަކީ އަމާޒެއްކަަމަށާއި މިއަހަރުގެ ތެރޭގައި އިމާމުންނަށް އެފަދަ ފުރުސަތުތަކެއް ހުޅުވާލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.