ކޮންމެ އަހަރަކު އެންމެ ރަނގަޅު އުމްރާ ޖަމާއަތްތައް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާހަގަކުރަން ފަަށަނީ

ދިވެހިރާއްޖޭގައި ހިންގާ އުމްރާ ޖަމާއަތްތަކުގެ ތެރެއިން ކޮންމެ އަހަރަކުވެސް އެންމެ ރަނގަޅު ހަތް ވަރަކަށް ޖަމާއަތް ހޮވުމަށް އަމާޒު ހިފާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، ޖަމާއަތްތަކުގެ ތެރެއިން އެންމެ ރަނގަޅު ޖަމާއަތްތައް ހޮވުމަކީ ޖަމާއަތްތަކުގެ ހިދުމަތް އިތުރަށް ރަނގަޅުވެގެންދާނެކަމަށް ދެކޭ ކަމަށާއި، އެގޮތުން ޖަމާއަތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހަތް ވަރަކަށް ޖަމާއަތަށް ސްޓާ ނުވަތަ އެވޯޑު ދިނުމަކީ އަމާޒެއްކަމަށެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، އުމްރާ ޖަމާއަތްތަކާއެކު މަހާސިންތާއެއް ބާއްވާ އުމްރާއަށް ގެންދިއުމާއި ގުޅޭ އުސޫލުތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

ފަހުގެ ޚަބަރުތައް

ހިއްސާކުރައްވާ

މުހިންމު ސަފްހާތައް