ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ މުވައްޒަފުންނަށް ރިސާލަތު ޕްރޮގުރާމް ކުރިއަށް ގެންގޮސްފިއެވެ.
ޒަކާތާއި ގުޅޭ ގޮތުން ކުރިއަށް ގެންދިޔަ މި ދަންފަޅި ނަންގަވައިދެއްވީ އައްޝައިޚް ޙާތިމް ޔޫސުފްއެވެ. މި ޕްރޮގުރާމުގައި އެ އޮފީހުގެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެލައްވާފައެވެ.
އިސްލާމީ ކަންތައްތަަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ރިސާލަތު ޕްރޮގުރާމަކީ ދިވެހިރާއްޖޭގައި ދީނީ ދަޢުވަތު ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިއުމަށް ރޭވިގެން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމުގެ ދަށުން ރާއްޖޭގެ އެކި އޮފީސްތަކާއި، މުއައްސަސާތަކާއި، ސްކޫލްތަކުގެ އިތުރުން އޮންލައިން ވީޑިއޯ ޒަރިއްޔާއިންވެސް އަންނަނީ ދީނީ އެކި މަޢުލޫމާތު އާއްމުންނަށް ގެނެސްދެމުންނެވެ.