ހދ. ނާވައިދޫ ކައުންސިލުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ބައްދަލުކުރައްވައިފިއެެވެ.
މިއަދު ވުޒާރާގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ވުޒާރާގެ ފަރާތުން އިސްކޮށް ބައިވެރިވެލެއްވީ ސްޓޭޓް މިނިސްޓަރު ޑރ. މުޙައްމަދު ޝުޖާއު އަބްދުލްޙަކީމްއެވެ. މީގެ އިތުރުން ވަޒީރުގެ ނާއިބު އިބްރާހިމް އާސިމްއާއި ޕާމަނަންޓް ސެކެރެޓަރީ އަޙްމަދު އަދީލްވެސް ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެލައްވާފައެވެ.
ނާވައިދޫ ކައުންސިލާއި ވުޒާރާ ގުޅިގެން ކުރިއަށް ގެންދެވިދާނެ އެކި ހަރަކާތްތަކާއި ގުޅޭ ގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.