ހަފްތާ 52: ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދޭ ހިލޭ ކްލާސްތައް ބޮޑުތަނުން އިތުރުކޮށް، ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް!

ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުއްވުމާއި، ކީރިތި ޤުރުއާން އުނގައިނައިދޭނެ ހިލޭ ކުލާސްތައް އިތުރުކުރެއްވުމަކީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަމެއް ދެއްވާނެކަމެއް ކަން މެނިފެސްޓޯގައި ހާމަކުރައްވާފައިވެއެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް ފާއިތުވެދިޔަ 52 ހަފްތާގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ޚާއްޞަ ސަމާލުކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

އެގޮތުން، ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދޭ ހިލޭ ކްލާސްތައް ބޮޑުތަނުން އިތުރުކޮށް ފުޅާކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައިވާއިރު، ހިލޭ ޤުރުއާން ކިޔަވާދޭނެ ފަރާތްތައް ހޯދުމަށް ވުޒާރާއިންކުރި އިޢުލާނަށް އިޖާބަދީ 29 ފަރާތަކުން ކުރިމަތިލިކަން ފާހަގަކޮށްލެވެއެވެ. މި ޕްރޮގުރާމް ރަސްމީކޮށް ފައްޓަވާފައިވަނީ 09 އޮކްޓޯބަރު 2024 ގައެވެ. މި ކުލާސްތައް ފަށާފައިވަނީ ރާއްޖޭގެ 14 އަތޮޅެއްގެ އިތުރުން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ވަނީ ފަށާފައެވެ.

މި ކުލާސްތަކުގެ ސަބަބުން ވަނީ މިސްކިތްތަކަށް ދިރުން ލިބިފައިކަން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މިސްކިތްތަކުގައި ތުއްތު ކުދިން ޤުރުއާނުގެ ޢިލްމު އުނގެނެން ތިބޭ މަންޒަރު ވެފައިވަނީ ވަރަށް ހިއްގައިމު މަންޒަރަކަށެވެ.

ހިލޭ ޤުރުއާން ކުލާސްތައް އިތުރު ރަށްތަކުގައި ފެށުމަށްވެސް ވުޒާރާއިން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

ފަހުގެ ޚަބަރުތައް

ހިއްސާކުރައްވާ

މުހިންމު ސަފްހާތައް