ހަފްތާ 52: ހުކުރު ޚުޠުބާ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު 52 ހަފްތާ!

ޚުޠުބާގެ ކަންކަން ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް 52 ހަފްތާ ތެރޭ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

މީގެ ތެރެއިން މުޅިން އަލަށް ކުރަން ފެށި މުހިއްމު ބައެއް މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އިސްލާމީ މަރުކަޒުގައި ކުރާ ހުކުރު ނަމާދުގެ ލައިވްގައި އިނގިރޭސި ތަރުޖަމާ ފުރަތަމަ ފަހަރަށް އަރުވަން ފެށުން ފާހަގަކޮށްލެވެއެވެ. ހުކުރު ޚުޠުބާގެ ތަރުޖަމާ ވުޒާރާގެ ފޭސްބުކް ޕޭޖު އިތުރުން ޓީވީތަކުގެ ފީޑުންވެސް ގެނެސްދޭއިރު، މި މަސައްކަތަކީ ވުޒާރާގެ އިސްލާމިކް ސްޓޫޑިއޯއިން ކުރަމުންދާ މަސައްކަތެއްކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން، ހުކުރު ޚުޠުބާގެ ކަންކަން ތަރައްޤީ ކުރުމަށް ކުރެވުނު ބައެއް އެހެން މަސައްކަތްތަކުގެ ތެރޭގައި އިސްލާމީ މަރުކަޒުގައި ހުކުރު ކުރާ ޚަޠީބުން ފެންނާނެ އިންތިޒާމް ހަމަޖެއްސުމަށް 6 ޓީވީ ހަރުކުރުމާއި، ހުކުރު ޚުޠުބާ އިނގިރޭސި ބަހާއި، ބަންގްލަދޭޝް ބަހަށް ތަރުޖަމާކޮށް ވުޒާރާގެ ފޭސްބުކް ޕޭޖާއި ވެބްސައިޓު މެދުވެރިކޮށް އާއްމުކުރަން ފެށުން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން، ހުކުރު ޚުޠުބާއާއި ގުޅޭ އެކި ޕޯސްޓަރުތައް ވުޒާރާގެ މީސް މީޑިއާ ވަސީލަތްތައް މެދުވެރިކޮށް އާއްމުންނާއި ހަމައަށް ފޯރުކޮށްދިނުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ.

ރަށްރަށުގައި ދިމާވެފައިވާ ޚަޠީބުންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދީ، އިސްލާމީ ޒުވާން ލީޑަރުން އުފެއްދުމުގެ މަޤުސަދުގައި ފަށާފައިވާ ޒުވާން ޚަޠީބުން ޕްރޮގުރާމަކީވެސް ފާހަގަކޮށްލެވޭ ޕްރޮގުރާމެކެވެ.

 

ފަހުގެ ޚަބަރުތައް

ހިއްސާކުރައްވާ

މުހިންމު ސަފްހާތައް