ޒަކާތު ކޮންފަރެންސަށް ވަޑައިގެންނެވި އިންސިފްގެ ބޭފުޅުންނާއި ވަޒީރު ބައްދަލުކުރައްވައިފި

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިންތިޒާމްކޮށްގެން ބާއްވާ ބައިނަލްއަޤުވާމީ ޒަކާތު ކޮންފަރެންސް، އިންޒެކްގައި ބައިވެރިވެލެއްވުމަށް މެލޭޝިޔާގެ އިންޓަނޭޝަނަލް ސެންޓަރ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް، އިންސިފްގެ ފަރާތުން ވަޑައިގެންނެވި ބޭފުޅުންނާއި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ބައްދަލުކުރައްވައިފިއެވެ.

މި ކޮންފަރެންސްގައި ބައިވެރިވެލެއްވުމަށް އިންސިފްއިން ވަޑައިގަންނަވާފައިވަނީ އެސޯސިއޭޓް ޕްރޮފެސަރ ޑރ. މަަގްދާ އިސްމާޢިލް އަބްދެލް މުޙުސިން އަދި ހެޑް އޮފް އެކެޑެމީސް ޑރ. މަޙްމޫން އަލްމަޤްރަބީއެވެ.

މި ބޭފުޅުންނާއި ބައްދަލުކުރައްވާ ވަޒީރު ވަނީ، ކޮންފަރެންސްގައި ބައިވެރިވެލެއްވުމަށް ވަޑައިގެންނެވީތީ ޝުކުރު އަދާކުރައްވާ ކުރިއަށް އޮތްތަނުގައިވެސް ގުޅިގެން ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވުޒާރާގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.

ފަހުގެ ޚަބަރުތައް

ހިއްސާކުރައްވާ

މުހިންމު ސަފްހާތައް