މެލޭޝިޔާގެ ގަދަހު ޕްރޮވިންސް ޒަކާތާބެހޭ އިދާރާގެ ވެރިޔާއާއި ވަޒީރު ބައްދަލު ކުރައްވައިފި

މެލޭޝިޔާގެ ގަދަހު ޕްރޮވިންސްގެ ޗީފް އެގްޒެކްޓިވް އޮފިސަރ، ދާތޯ އުސްތާޛު ޒަކަރިއްޔާ ބިން އުސްމާނާއި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި އެ އިދާރާގެ ޗީފް ސްޓެރެޓަޖީ އޮފިސަރ، ފާއިޒް ބިން ހުސައިން ޝުކްރީއާއި ޗީފް ޓެކްނޮލޮޖީ އޮފިސަރ ޒުލްކެފްލީ ބިން އަބްދު ބަކުރްވެސް ވަނި ބައިވެރިވެލައްވާފައެވެ. މި ވަފުދަކީ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސްގައި ބައިވެރިލެއްވުމަށް ވަޑައިގަންނަވާފައިވާ ވަފުދެކެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ އެ ބޭފުޅުން ޒަކާތު ކޮންފަރެންސްއަށް ވަޑައިގެންނެވީތީ ޝުކުރު އަދާކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ޒަކާތާއި ބެހޭ ނިޒާމް ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ އެހީ ހޯދުމާއި ގުޅޭ ގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.

ފަހުގެ ޚަބަރުތައް

ހިއްސާކުރައްވާ

މުހިންމު ސަފްހާތައް