’ރޯދައިގެ އަލި' ނަމުގައި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން ސިލްސިލާ ދަރުސްތަކެއް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން "ރޯދައިގެ އަލި" ނަމުގައި ސިލްސިލާ ދަރުސްތަކެއް ފަށައިފިއެވެ.

މި ސިލްސިލާގެ ފުރަތަމަ ދަރުސް ބާއްވާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ސަލްމާން ރަސްގެފާނު މިސްކިތުގެ ހޯލުގައެވެ. ސަލްމާން ރަސްގެފާނު މިސްކިތުގެ އިމާމު އައްޝައިޚް ޢައްމާރު އިލްޔާސް ދެއްވި މި ދަރުސްގައި އަޅިއަޅުއްވާލާފައިވަނީ ޤުރުއާނުގެ އަހުލުވެރިންގެ އަދަބުތަކަށެވެ.

މި ސިލްސިލާ ދަރުސްތަކަކީ ޤުރުއާނާއި ބެހޭ މަރުކަޒުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ ދަރުސްތަކެކެވެ.

ފަހުގެ ޚަބަރުތައް

ހިއްސާކުރައްވާ

މުހިންމު ސަފްހާތައް