އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ވުޒާރާގެ ބައެއް ސެކްޝަންތަކާއި ބައްދަލުކުރައްވާ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ވުޒާރާގެ ބައެއް ސެކްޝަންތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި ބައްދަލު ކުރައްވާ، ސެކްޝަންތަކުގެ މަސައްކަތްތަކާއި މިއަހަރަށް ކުރިއަށް ރޭވިފައިވާ މަސައްކަތްތަކުގެ އަދާހަމަ ބައްލަވާލައްވައިފިއެވެ.

އެގޮތުން އާދިއްތަ ދުވަހު ވަޒީރު ވަނީ، މޮސްކު މެނޭޖްމެންޓް ސެކްޝަނާއި، އައުޤާފް އެންޑް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމެންޓް ސެކްޝަނާއި އިސްލާމިކް ސްޓޫޑިއޯއެވެ. މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ފާއިތުވެދިޔަ އަހަރު ސެކްޝަންތަކުން ކުރެއްވި މަސައްކަތް ފާހަގަކޮށް، މި ކުރިއަށްދާ އަހަރުވެސް އެގޮތުގައި މަސައްކަތް ކުރުމަށް ހިއްވަރު ދެއްވާފައެވެ.

މީގެ އިތުރުން ސެކްޝަންތަކުގެ މަސައްކަތްތަކުގައި ދިމާވާ ދަތިތައް އޮޅުންފިލުއްވާ، ކަންކަން ފަސޭހަކޮށްދިނުމުގައި އެހީތެރިކަން ދެއްވާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

 

ފަހުގެ ޚަބަރުތައް

ހިއްސާކުރައްވާ

މުހިންމު ސަފްހާތައް