ޕާކިސްތާނުން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރު ފައިސަލް ރަސުލް ލޯދި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި މިއަދު ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުން ކުރިއަށްދިޔައީ ހޯމަ ދުވަހުގެ ހެނދުނު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައެވެ. މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ސަފީރު ޕާކިސްތާނު ސަފީރަށް މަރުޙަބާ ދަންނަވާ ގުޅިގެން ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރުން ދެ ބޭފުޅުން ވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާއި ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާ، ކުރިއަށް އޮތްތަނުގައި މި ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ.