ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަަޒުން މާލެ ސަރަހައްދަަށް އަމާޒުކޮށްގެން މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޖަމާޢަތްތެރިން ތަމްރީންކުރުމުގެ ޕްރޮގުރާމުގެ ފުރަތަމަ ބުރު ފަށައިފިއެވެ.
ސަލްމާނު ރަސްގެފާނު މިސްކިތުގައި ކުރިއަށްދާ މި ޕްރޮގުރާމުގައި 36 ފަރާތަކުން ބައިވެރިވެފައިވާއިރު، މި ޕްރޮގުރާމް ނަންގަވައިދެއްވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވާއިޡް އައްޝައިޚް ޢަބްދުލްޤާދިރު މުޙައްމަދުއެވެ.
ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުން ކުރިއަށް ގެންދާ ޖަމާޢަތްތެރިން ތަމްރީން ކުރުމުގެ ޕްރޮގުރާމަކީ، މިއީ މާލެއާއި ރާއްޖޭގެ ރަށްރަށުގައި ކަށުކަމާކެމީގެ ކަންކަން ކުރުމަށް އެކަށީގެންވާ ތަމްރީނު ލިބިފައިވާ މީހުން އިތުރުކުރުމުގެ މަޤުސަދުގައި ކުރިއަށް ގެންދެވޭ ޕްރޮގުރާމެކެވެ.