ރަމަޟާން މަހަށް ދިވެހި ރައްޔިތުންނަށް ސަޢުދީ ޢަރަބިއްޔާއިން ހަދިޔާކުރި 50 ޓަނުގެ ކަދުރުގެ ތެރެއިން މާލެ ސަރަހައްދަށް ބެހުމަށް ކަނޑައެޅި އަދަދަށް ކަދުރު ބަހާ ހުސްވެއްޖެއެވެ.
މާލެ ސަރަޙައްދުގައި ކަދުރު ބެހުމުގެ މަސައްކަތް ވުޒާރާގެ ފަރާތުން ފެށީ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުއެވެ. ކަދުރު ބެހުމުގެ މަސައްކަތް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކުވެސް ކުރިއަށް ގެންދެވުނު އިރު، ގިނަ އަދަދެއްގެ ރައްޔިތުން ކަދުރު ބަލާ ދުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.
މާލެ ސަރަހައްދަށް ބެހުމަށް ކަނޑައެޅި އަދަދު ހުސްވެފައިވީނަމަވެސް ރަށްރަށުގެ ކައުންސިލްތަކަށް ދޫކުރާ ކަދުރު ދޫކުރުން ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިހާތަނަށް ރާއްޖޭގެ އެކި ރަށްރަށުގެ ކައުންސިލްތަކުން ކަދުރު ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރަމަޟާން މަސް ފެށުމުގެ ކުރިން ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށް ގޮސްފައިމިވަނީ އަހަރުތަކެއް ފަހުންނެވެ.