ތަޖުރިބާ ދަތުރުގައި ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރާ ދަރިވަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ވޯލްޑް އެސެމްބްލީ އޮފް މުސްލިމް ޔޫތު ގުޅިގެން ރާއްޖޭގެ ކޮލެޖު އަދި ޔުނިވާސިޓީތަކުގައި ކިޔަވަމުންދާ ބައެއް ދަރިވަރުންނާއި، ޒުވާން ޚަޠީބުންގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ޚަޠީބުންނަށް ރާވާފައިވާ ސަޢުދީ ޢަރަބިއްޔާގެ ތަޖުރިބާ ދަތުރުގެ ބައިވެރިންނާއި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ބައްދަލުކުރައްވައިފިއެވެ.

މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ، ޒުވާން ދަރިވަރުންނަށް ލިބިފައިވާ ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށާއި، ދަތުރުގެ ތެރެއިން ދަސްވާ ކަންކަން ޢަމަލީ މައިދާނުގައި ހިފުމަށް ނަސޭޙަތްތެރިވެލައްވާފައެވެ.

މި ބައްދަލުކުރެެއްވުމުގައި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްވެސް ވަނީ ބައިވެރިވެލައްވާފައެވެ.

ފަހުގެ ޚަބަރުތައް

ހިއްސާކުރައްވާ

މުހިންމު ސަފްހާތައް