ށ. ނަރުދޫ ކައުންސިލުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ބައްދަލުކޮށްފި

ށ. ނަރުދޫ ކައުންސިލުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ބައްދަލުކޮށްފިއެވެ.

ބުދަ ދުވަހު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ވުޒާރާގެ އިސް ބޭފުޅުންނާއި ނަރުދޫ ކައުންސިލްގެ އިސްބޭފުޅުން ވަނީ ބައިވެރިވެލައްވާފައެވެ.

މި ބައްދަލުވުމުގައި ނަރުދޫ ކައުންސިލުން ވަނީ ވުޒާރާއާއި ގުޅިގެން އެރަށުގައި ދީނީ އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ. އެގޮތުން ކަށުކަމާކެމީގެ ޕްރޮގުރާމައި ދީނީ ދަރުހާއި މަޢުލޫމާތު ފޯރުކޮށްދިނުމުގެ ޕްރޮގުރާމުތައް ކުރިއަށް ގެންދިއުމަށް ވުޒާރާގެ އެހީތެރިކަމަށް ކައުންސިލުން ވަނީ އެދިލައްވާފައެވެ.

މި ބައްދަލުވުމުގައި، ވުޒާރާގެ ފަރާތުން ނަރުދޫ ކައުންސިލުން އެދިލެއްވި ކަންތައްތައް ކުރިއަށް ގެންދިއުމަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ވުޒާރާގެ އިސް ބޭފުޅުން ވަނީ ވިދާޅުވެފައެވެެ.

ފަހުގެ ޚަބަރުތައް

ހިއްސާކުރައްވާ

މުހިންމު ސަފްހާތައް