ކުރިއަށް އޮތް ރަމަޟާން މަހު މާލެ ސިޓީގެ 24 މިސްކިތެއްގައި ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.
މިގޮތުން މާލޭގެ 16 މިސްކިތެއްގައި ޙިފުޡްކޮށް ތަރާވީޙު ނަމާދު ކުރުމަށް ހަމަޖެހިފައިވާއިރު ހުޅުމާލޭގެ 7 މިސްކިތެއްގައި އަދި ވިލިމާލޭގެ 1 މިސްކިތެއްގައި ޙިފުޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ ރަމަޟާން މަހު މާލޭގެ ގިނަ މިސްކިތްތަކެއްގައި ޒުވާން ޙާފިޡުން ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރަމަޟާން މަހު މާލޭގެ އެންމެ ބޮޑު މިސްކިތްކަމަށްވާ އިސްލާމީ މަރުކަޒުގައި ތަރާވީޙު ނަމާދު ކުރައްވާނީ، މަރުކަޒުގެ އިމާމު އައްޝައިޚު އަލްޙާފިޒު ސަލްމާން މުޙައްމަދު ލަޠީފާއި، އަލްޙާފިޒް ޢުވައިސް ބިން އިނާޒް، އަލްޙާފިޒް ޚިޟްރު ބިން ޢިމާދުގެ އިތުރުން އައްޝައިޚު އަލްޙާފިޒް ސުލްޠާން މުޙައްމަދު ލަޠީފްއެވެ. މީގެ އިތުރުން، ފަހު ދިހައިގައި ދަމު ނަމާދު އިމާމުވެ ކުރައްވާނީ އައްޝައިޚު އަލްޙާފިޒު ސަލްމާން މުޙައްމަދު ލަޠީފާއި އައްޝައިޚު އަލްޙާފިޒު ސުލްޠާން މުޙައްމަދު ލަޠިފްއެވެ.
ސަލްމާނު މިސްކިތުގައި ރަމަޟާން މަހު ތަރާވީޙު ނަމާދާއި ދަމު ނަމާދު ކުރެއްވުމަށް ހަމަޖެހިފައިވަނީ އަލްޙާފިޒް އާދަމް މިޝްއަލް ޝާމިން، އަލްޙާފިޒް މުޙައްމަދު މިޝްއަލް އާޡިމްގެ އިތުރުން އަލްޙާފިޒް އަބްދުﷲ އަޙްސަން ސަޢީދުއެވެ.
ރާއްޖޭގެ އެންމެ ބޮޑު ދެ މިސްކިތުގައި ރަމަޟާން މަހު ޒުވާން އިމާމުންނަށް ފުރުސަތު ދެއްވާފައިމިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އިސްލާމީ ލީޑަރުން އުފެއްދެވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ދަށުންނެވެ.
# |
ހިފްޡްކޮށް ތަރާވީޙް ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް |
# |
1 |
މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު) |
މާލެ |
2 |
މަސްޖިދު މަލިކި ސަލްމާން |
މާލެ |
3 |
މަސްޖިދުއްސުލްޠާން މުޙައްމަދު ބިން ޢަބްދިﷲ (ވިޔަފާރިވެރިންގެ މިސްކިތް) |
މާލެ |
4 |
މަސްޖިދުއްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލު (ދުބުރި މިސްކިތް) |
މާލެ |
5 |
މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް) |
މާލެ |
6 |
މަސްޖިދު ޢަލީ ޙުސައިން (މާވެޔޮ މިސްކިތް) |
މާލެ |
7 |
މަސްޖިދު ޞަލާޙުއްދީން |
މާލެ |
8 |
މަސްޖިދުލް ފުރުޤާން |
މާލެ |
9 |
މަސްޖިދުއްނޫރު |
މާލެ |
10 |
މަސްޖިދު އިބްރާހީމް |
މާލެ |
11 |
މަސްޖިދުއް ޝަހީދު ޢަލީ |
މާލެ |
12 |
މަސްޖިދު އިސްކަންދަރު |
މާލެ |
13 |
މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް) |
މާލެ |
14 |
މަސްޖިދުއްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ރަން މިސްކިތް) |
މާލެ |
15 |
މަސްޖިދުއްޝައިޚް މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް) |
މާލެ |
16 |
މަސްޖިދުއް ޛިކުރާ |
މާލެ |
17 |
މަސްޖިދުލް އިޚްލާޞް |
ވިލިމާލެ |
18 |
މަސްޖިދުއް ޝައިޚް ޤާސިމް ބިން މުޙައްމަދު އާލްޘާނީ (ވައްގުއްބު މިސްކިތް) |
ހުޅުމާލެ ފޭސް 1 |
19 |
މަސްޖިދު ޢަޒީޒާ މޫސާ |
ހުޅުމާލެ ފޭސް 1 |
20 |
މަސްޖިދުލް ވާލިދައިނި |
ހުޅުމާލެ ފޭސް 1 |
21 |
މަސްޖިދު މުޙައްމަދު |
ހުޅުމާލެ ފޭސް 1 |
22 |
މަސްޖިދުލް އަޞްދިޤާ |
ހުޅުމާލެ ފޭސް 1 |
23 |
މަސްޖިދު ޙަސަން އާދަމް |
ހުޅުމާލެ ފޭސް 2 |
24 |
މަސްޖިދު އަމީލު ޖަލީލު |
ހުޅުމާލެ ފޭސް 2 |