މިރޭ އިސްލާމީ މަރުކަޒުގައި އިމާމްވެ ޢިޝާ ނަމާދު ކުރެއްވީ މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު!

މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު، މިރޭ އިސްލާމީ މަރުކަޒުގައި އިމާމްވެ ޢިޝާ ނަމާދު ކުރައްވައިފިއެވެ.

އެމަނިކުފާނު އިމާމުވެ ކުރެއްވި ޢިޝާ ނަމާދުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެލައްވާފައެވެ.

ޢިޝާ ނަމާދަށްފަހު ޑރ. ޞަލާޙުލް ބުދައިރު ވަނީ ވަރަށް ޚާއްސަ ދަރުހެއް ދެއްވާފައެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ރޭގައި ވަނީ ސަލްމާނު މިސްކިތުގައި އިމާމުވެ މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ކުރައްވާފައެވެ.

މާދަމާ އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރެއްވުމަށް ހަމަޖެހިފައިވަނީވެސް ޑރ. ޞަލާޙުލް ބުދައިރުކަން ފާހަގަކޮށްލެވެއެވެ.

ފަހުގެ ޚަބަރުތައް

ހިއްސާކުރައްވާ

މުހިންމު ސަފްހާތައް