ލައިބްރަރީއާއި ގުޅޭގޮތުން ކުރެވޭ ސުވާލުތައް

ލައިބްރަރީ ރަސްމީ ދުވަސްތަކުގައި ހުޅުވާ ގަޑިއަކީ ކޮބާ؟

ޖަވާބު: ލައިބްރަރީ ހުޅުވިފައި ހުންނަ ގަޑިތައް:  ރަސްމީ ދުވަސްތަކުގެ ހެނދުނު 8:15 އިން 14:00 ށް

ރަމްޟާން މަހުގައި ހުޅުވިފައި ހުންނަ ގަޑިތައް:  ރަސްމީ ދުވަސްތަކުގެ ހެނދުނު 9:15 އިން 13:00 ށް

   ބަންދު ދުވަސްތަކުގައި ލައިބްރަރީގެ ޙިދުމަތްތައް ލިބެން ހުންނާނެތޯ؟

ޖަވާބު: ހަމައެކަނި ރަސްމީދުވަސްތަކުގައި ޙިދުމަތް ލިބޭނީ

ވެބްސައިޓުން ލައިބްރަރީގެ މެމްބަރޝިޕް ފޯމް ލިބެންހުންނާނެތޯ؟

ޖަވާބު: ލިބެން ހުންނާނެ

ލައިބްރަރީގެ މެމްބަރަކަށްވުމުގެ ފީ އަކީ ކޮބާ؟

ރަޖިސްޓްރޭޝަންފީ

ޖަވާބު: ދާއިމީ މެމްބަރުން:        20/- ރ

ވަގުތީ މެމްބަރުން:       ( ފީއެއް ދައްކާކަށްނުޖެހޭ)

 ލައިބްރަރީގެ މަހުފީ

ޖަވާބު: ލައިބްރަރި ފީ ދެއްކެވިދާނެ ގޮތްތައް:

މަދުވެގެން 3  (ތިން) މަހަށް      15/-ރ

6 (ހައެއް) މަހަށް             30/-ރ

12 (ބާރަ) މަހަށް             60/-ރ

ލައިބްރަރީ މެމްބަރޝިޕް ފީ ދައްކަންޖެހޭނީ ކޮންތާކަށް؟

ޖަވާބު: ރިސެޕްޝަނަށް

ޕަބްލިކޭޝަން އާއި ގުޅޭގޮތުން ކުރެވޭ ސުވާލުތައް

ދީނީ ފޮތް ފާސްކުރުމަށް ހަދަން ޖެހެނީ ކިހިނެއް؟

.ޖަވާބު : “ދީނީ ފޮތް ފާސްކުރާ ފޯމް” މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވެބްސައިޓުންނާއި، ކައުންޓަރުން ލިބެން ހުންނާނެއެވެ. ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ފޯމުގައި ބަޔާން ކުރާ ތަކެއްޗާއެކު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ކައުންޓަރަށް ހުށައަޅުއްވާނީއެވެ

 

ރާއްޖެއިން ބޭރުން ގެންނަ ދީނީ ފޮތްވެސް މިނިސްޓްރީއަށް ހުށައަޅައިގެން ފާސްކުރަން ޖެހޭނެތަ؟

ޖަވާބު: ރާއްޖެއިން ބޭރުން ގެންނަ ފޮތްތައްވެސް އެތަކެތި ވިޔަފާރީގެ ބޭނުމަށް ނުވަތަ އެހެންވެސް ބޭނުމަކު ބޭނުން ކުރުމަށް، ހުއްދައަށް އެދި ސިޓީއަކާއެކު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ހުށައަޅަން ޖެހޭނެއެވެ. މިގޮތަށް ހުށައެޅުއްވުމުން އޮންނަ އުޞޫލުން އެތަކެތި ޗެކް ކޮށް ޖަވާބު ދޭނެއެވެ. އަދި، ރާއްޖެއިން ބޭރުން، ރާއްޖެއަށް ފޮތްތަށް އެތެރެ ކުރުމުގެ ކުރިން ފޮތްތަކާބެހޭ މަޢުލޫމާތު (ފޮތުގެ ނަމާއި، ލިޔުއްވި ފަރާތާއި، ޕަބްލިޝްކުރިތަނާއި، ކަވަރޕޭޖްގެ ފޮޓޯ) ހިމެނޭ ފޮތްތަކުގެ ލިސްޓް ސިޓީއަކާއެކު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް  ހުށައަޅައި ހުއްދަ ހޯދަން ވާނެއެވެ.

ޙަލާލް ސެޓްފިކޭޝަން އާއި ގުޅޭގޮތުން ކުރެވޭ ސުވާލުތައް

ޙަލާލް ސެޓްފިކެޓަށް އެދި ހުށަހަޅާނީ ކިހިނެއް؟

ޖަވާބު: ހަލާލު ސެޓްފިކެޓް ހޯދުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޙަލާލު ސެޓްފިކެޓް ހޯދުމަށް އެދި ހުށަހަޅާ ފޯމް ފުރުއްވުމަށްފަހު މިނިސްޓްރީއަށް ހުށަހެޅުމުންނެވެ. ފޯމް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ކައުންޓަރުންނާއި މިނިސްޓްރީގެ ވެބްސައިޓްއިން ލިބިވަޑައި ގަންނަވާނެއެވެ.

ޙަލާލް ސެޓްފިކެޓް ދޫކުރެވޭނީ ކިހިނެތް؟

ޖަވާބު: ޙަލާލް ސެޓްފިކެޓް ދޫކުރެވޭނީ ފޯމުން ސެޓްފިކެޓަށް އެދި ހުށަހެޅުމުން، ޙަލާލް ސެޓްފިކެޓް ދޫކުރުމާގުޅޭ ގަވާއިދު ގެ 2 ވަނަ މާއްދާގައި (ދިވެހި ރާއްޖޭގެ ޙަލާލު މިންގަނޑު) ގައި ބުނެފައިވާ މިންގަނޑަށް ފެތޭ އުފެއްދުންތަކަށް، ކޮންމެ އުފެއްދުމަކަށް ވަކި ސެޓްފިކެޓެކެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށް ފޯމު ލިބުމުން މިގަވާއިދުގެ ޖަދުވަލު 1 ގައިވާ ފަދައިން ދިވެހި ރާއްޖޭގެ ޙަލާލު މިންގަޑަށް ފެތޭތޯ ބަލާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިންނެވެ.

ޙަލާލު ސެޓްފިކެޓް ދޫކުރެވޭނީ ސެޓިފިކެޓަށްވާ އަހަރީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށް ދެއްކުމުންނެވެ. އަހަރީ ފީ ނެގުމުގައި ޢަމަލުކުރެވޭނީ މިގަވާއިދުގެ 4ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކޮންމެ ޕްރޮޑަކްޓަކަށް 200 ރުފިޔާ އެވެ.

ޙަލާލް ސެޓްފިކެޓު ދޫކުރެވޭ މުއްދަތަކީ ކޮބާ؟

ޖަވާބު: ޙަލާލު ސެޓިފިކެޓްގެ މުއްދަތަކީ މީލާދީ 1(އެކެއް) އަހަރު ދުވަހެވެ.

ޙަލާލް އެޝުއަރަންސް އޮފިސަރުގެ މަސްއޫލިއްޔަތަކީ ކޮބާ؟

ޖަވާބު: ޙަލާލު އެޝުއަރަންސް އޮފިސަރު ޙަލާލް ސެޓްފިކެޓަށް އެދި ހުށަހަޅާފައިވާ ތަންތަނުން، އެ އުފެއްދުން އުފައްދާ ތަނުގައި އުފެއްދުމުގެ މަސައްކަތް ކުރަމުން ދަނީ ޙަލާލު މިންގަނޑާ އެއްގޮތަށްތޯ ބަލައި، އެކަމުގެ ޒިންމާ އުފުލާ ފަރާތެވެ.

ޙަލާލް އެޝުއަރަންސް އޮފިސަރެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމަށް ޝަރުތުހަމަވާ ފަރާތްތަކަކީ  ކޮބާ؟

ޖަވާބު: ޙަލާލު އެޝުއަރަންސް އޮފިސަރަކަށްވުމަށް ހުށަހަޅާ ފަރާތަކީ މިނިސްޓްރީން ހިންގާ ޙަލާލު އެޝުއަރަންސް އޮފިސަރުން ސެޓިފައި ކުރާ ކޯހުގައި ބައިވެރިވެ ސެޓިފިކެޓް ލިބިފައިވާ ފަރާތަކަށްވާންވާނެއެވެ.

މޮސްކް އެފެއާޒްއާއި ގުޅޭގޮތުން ކުރެވޭ ސުވާލުތައް

ހުކުރު ކުރުމުގެ ހުއްދަ ނަގާނީ ކިހިނެތް؟

ޖަވާބު: ޝަރުތު ހަމަވާ މީހުން މިނިސްޓްރީގެ ވެބްސައިޓްގައިވާ ހުކުރު ކުރުމުގެ ހުއްދައަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުން ތަކާއެކު ހުށަހެޅުމުން މިނިސްޓްރީ އިން ޖަވާބު ދެއްވާނެއެވެ.

މާލޭގައި ނިޔާވާ މީހުންނަށް ޣައިބަށް ކަށުނަމާދު ކުރެވިދާނެތޯ؟

ޖަވާބު: ޣައިބަށް ކަށުނަމާދު ކުރެވޭނީ ރާއްޖޭން ބޭރުގައި ނިޔާވާ މީހުންނަށް.