ވަޒީފާގެ ފުރުޞަތު
ވަޒީފާގެ ފުރުޞަތު
ވަޒީފާގެ ފުރުޞަތު
ވަޒީފާގެ ފުރުޞަތު
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ނަފާ ޕްރޮގްރާމް) މަޤާމަށް ކުރިމަތިލީ ފަރާތްތަކުގެ ސްކްރީނިންގް ޝީޓް
އެހެން ޓީޗަރުންނާއިއެކު ކީރިތި ޤުރްއާނާއިބެހޭ ޤައުމީ މަރުކަޒުގެ ޓީޗަރުންގެ މުސާރަ ވަނީ ބޮޑުވެފައި
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ޓީޗަރުންނަށް ”ދަޢުލަތުގެ ޕޭ ފްރޭމް ވަރކް”ގައި ކަނޑައަޅާފައިވާ މުސާރަ އެހެން ޓީޗަރުންނާއިއެކު ދިނުމަށް ކުރިންވެސް ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން މިހެން ބުނެފައި މިވަނީ ކީރިތި ޤުުރުއާނާބެހޭ ޤައުމީ މަރުކަޒުގެ މުވަޒަފުންގެ މުސާރަ ބޮޑު ނުވާކަމަށްބުނެ ބައެއް މީޑިއާތަކުން ޚަބަރު ފަތުރާފައިވަނިކޮށެވެ.
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ޓީޗަރުންނަށް ”ދަޢުލަތުގެ ޕޭ ފްރޭމް ވަރކް”ގައި ކަނޑައަޅާފައިވާ މުސާރަދޭން ނިންމާފައިވާކަން ނޭޝަނަލް ޕޭކޮމިޝަނުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް 01 މެއިގައި ފޮނުއްވާފައިވާ އެ ކޮމިޝަންގެ ނަންބަރު 478-NPC/142/2022/1 ސިޓީން ވަނީ ދަންނަވާފައެވެ.
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ދާއިިމީ ޓީޗަރުންގެ މުސާރަވެސް ”ދަޢުލަތުގެ ޕޭ ފްރޭމް ވަރކަށް” ބަދަލުކޮށްފައިވާތީ މުސާރައާއިގުޅޭ އެންމެހާ ކަންތައްތައް ސިވިލް ސާވިސް ކޮމިޝަނާ ގުޅިގެން މި މިނިސްޓްރީން ކުރިއަށްގެންދާނެއެވެ.
01 މެއި 2022ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްދު ސޯލިޙް ޓީޗަރުންގެ މުސާރަ ބޮޑުކުރުން އިޢުލާންކުރެއްވުމާ ގުޅިގެން ސަރުކާރުން ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރުވެސް ވަނީ ކީރިތި ޤުރުއާނާބެހޭ މަރުކަޒުގައި ކިޔަވައިދެއްވާ ދާއިމީ ޓީޗަރުންވެސް އައު ފްރޭމްވޯކްގައި ހިމެނިފައިވާކަމާއި އެ ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެކަން ހާމަކުރައްވާފައެވެ.
އެހެންކަމުން މީޑިއާއިން މިފަދަ ޚަބަރުތައް ގެނެސްދެއްވާއިރު ޒިންމާދާރުކަމާއެކު ޚަބަރުފެތުރުއްވުމަަށް ނަސޭހަތްތެރިވަމެވެ.
ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ
1443 ވަނަ އަހަރުގެ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި ޖުމްލަ 7,111,354.00 (ހަތް މިލިއަން އެއްލައްކަ އެގާރަހާސް ތިންސަތޭކަ ފަންސާސް ހަތަރު ރުފިޔާ) ލިބިއްޖެއެވެ.
މި މުއްދަތުގައި ޒަކާތް ދައްކާފައިވަނީ 159,290 (އެއްލައްކަ ފަންސާސް ނުވަހާސް ދުއިސައްތަ ނުވަދިހަ) މީހުންނެވެ.
މާލޭ ސިޓީގެ ފަޤީރުންގެ ލިސްޓްގައި ހިމެނިފައިވާ 1782 މީހުންގެ ތެރެއިން 1780 މީހުންގެ ފައިސާ އެ ފަރާތްތަކުގެ އެކައުންޓްތަކަށް 30 އޭޕްރީލް 2022 ވަނަ ދުވަހު ވަނީ ޖަމާކުރެވިފައެވެ. ފައިސާ ޖަމާނުކުރެވިވާ 02 މީހުންނަކީ އެކައުންޓް ނެތް އަދި ނުގުޅޭ ދެފަރާތެވެ.
މި ރަމަޟާންމަހުވެސް ފިޠުރު ޒަކާތް ގޮވާމުން ބަލައިގެންފައިވާއިރު 30 އޭޕްރިލް 2022 (29 ރަމަޟާން 1443) ގެ ނިޔަލަށް ފިޠުރުޒަކާތުގެ ގޮތުގައި ގޮވާމުން ލިބިފައިވަނީ ޖުމްލަ 1187.85 (އެއްހާސް އެއްސަތޭކަ އަށްޑިހަ ހަތެއް ޕޮއިންޓް އަށެއް ފަހެއް) ކިލޯއެވެ.
ގޮވާމުން ޒަކާތް ދައްކާފައިވަނީ 3938 (ތިންހާސް ނުވަސަތޭކަ ތިރީސް އަށެއް) މީހުންނެވެ.
މާދަމާއަކީ ފިޠުރު ޢީދުދުވަހަށް ވާތީ، ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމާއި ބެހުން އަދި ފައިސާއިން ފިޠުރު ޒަކާތް ބަލައިގަތުން މިއަދު 01 މެއި 2022 ގެ އިރުއޮއްސި 6 ޖެހުމާ ހަމައަށްކުރިއަށް ދާނެއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ވަޑައިގެންނާއި ބަނޑޭރި ޕޭ މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެއެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ގޮވާމުން ލިބިފައިވާ ތަކެތި ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ ސީ.އެޗް.އެސް.އީ ގެ ހޯލުގައެވެ.
ފިޠުރު ޒަކާތް ބަލައިގަތުމުގެ އެންމެ ފަހު ވަގުތަކީ 30 ރަމަޟާން 1443 (މިއަދު)ގެ އިރުއޮއްސި 6:00
މާދަމާ 02 މެއި 2022 އަކީ މިއަހަރުގެ ފިޠުރުޢީދު ދުވަސްކަމަށްވާތީ ފިޠުރު ޒަކާތް ބަލައިގަތުން ކުރިއަށްދާނެ އެންމެ ފަހު ވަގުތަކީ 30 ރަމަޟާން 1443 (މިއަދު)ގެ އިރުއޮއްސި 6:00އެވެ.
ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމާއި ބެހުން އަދި ފައިސާއިން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ
ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުން:
01 މެއި 2022 (އާދިއްތަ)
ހެނދުނު 10:00 އިން އިރުއޮއްސި 6:00 އަށް
ގޮވާމުން ފިޠުރުޒަކާތް ބެހުން:
01 މެއި 2022 (އާދިއްތަ)
ހެނދުނު 10:00 އިން އިރުއޮއްސި 6:00 އަށް
މިނިސްޓްރީގެ ކައުންޓަރުން ފިޠުރުޒަކާތް ބަލައިގަތުން:
ހެނދުނު 10:00 އިން އިރުއޮއްސި 6:00 އަށް
ބަނޑޭރި ޕޭއިން އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަތުން:
ހެނދުނު 10:00 އިން އިރުއޮއްސި 6:00 އަށް
https://islamicaffairs.gov.mv/?page_id=4819 (އޮންލައިންކޮށް ފިޠުރު ޒަކާތް ދައްކާނެ ލިންކް)
ފިޠުރު ޒަކާތް ދެއްކުމަކީ ވާޖިބެކެވެ. އެހެންކަމުން ހުރިހާ ބޭފުޅުންވެސް ފިޠުރު ޒަކާތް ދެއްކުމަށް މިނިސްޓްރީން ހަނދުމަފުޅުކޮށްއަރުވަމެވެ.
ބޮޑު ޖަމާޢަތުގެ އިތުރުން މާލެ ސަރަޙައްދުގެ 27 މިސްކިތެއްގައި ޢީދުނަމާދު ކުރާނެ
1443 ވަނަ އަހަރުގެ ފިޠުރުޢީދު ނަމާދު، މާލެ ސަރަޙައްދުގައި ބޮޑު ޖަމާޢަތުގައި ކުރާތަންތަނުގެ އިތުރުން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގެ ތެރެއިން 27 މިސްކިތެއްގައި ކުރާނެއެވެ.
1443 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހަކީ، 02 މޭ 2022 ވާ ހޯމަ ދުވަހެވެ.
މާލޭ ސަރަޙައްދުގައި، ފިޠުރު ޢީދު ނަމާދު ކުރުމަށްޓަކައި، އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިނިސްޓްރީންވަނީ ވަކި މިސްކިތްތަކާއި މައިދާންތަކެއް ކަނޑައަޅާފައެވެ. އެގޮތުން މާލޭ ސަރަޙައްދުގައި ފިޠުރުޢީދުގެ ބޮޑު ޖަމާޢަތް ހެދުމަށްޓަކައި ތިން މައިދާނެއް ހަމަޖައްސާފައިވެއެވެ. އެއީ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި، ވިލިމާލޭ ފުޓްބޯޅަދަނޑު އަދި ހުޅުމާލޭގެ ސްޓޭޑިއަމް ސަރަޙައްދެވެ. މީގެ އިތުރުން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގެ ތެރެއިން ތިރީގައި އެވާ ހުރިހާ މިސްކިތްތަކެއްގައިވެސް ފިޠުރުޢީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
- މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް
- މަސްޖިދު މަލިކި ސަލްމާން
- މަސްޖިދުއް ސުލްޠާން މުޙައްމަދު ބިން ޢަބްދިﷲ
- މަސްޖިދުލް ފުރްޤާން
- މަސްޖިދުއް ނޫރު
- މަސްޖިދުއް ޝަހީދު ޢަލީ
- މަސްޖިދުއް ސުލްޠާން ޙަސަން ޢިއްޒުއްދީން
- މަސްޖިދުއް ސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް
- މަސްޖިދުއް ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
- މަސްޖިދުއް ސުލްޠާން މުޙައްމަދު ޝަމްސުއްދީން
- މަސްޖިދު ޞަލާޙުއްދީން
- މަސްޖިދު ޖަލާލުއްދީން
- މަސްޖިދު އިބްރާހީމް (އިބްރާހީމީ މިސްކިތް)
- މަސްޖިދު އިސްކަންދަރު
- ވަގުތީ މިސްކިތް (ބޮޑުގެ)
- މަސްޖިދުއް ސުލްޠާން މުޙައްމަދު ޢިމާދުއްދީން
- މަސްޖިދުއް ޝައިޚް މުޙައްމަދު ޖަމީލްދީދީ
- މަސްޖިދު ޢަފީފުއްދީން
- ޒިޔާރަތް މިސްކިތް
- މަސްޖިދުލް ބިއްރި (ވިލިމާލެ)
- މަސްޖިދުއް ޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ (ހުޅުމާލެ)
- ހުޅުމާލެ ވަގުތީ މިސްކިތް (ނޭބަރހުޑް 3)
- މަސްޖިދު އަބީބަކްރިނިއް ޞިއްދީޤު (ހުޅުމާލެ ފޭސް 2)
- މަސްޖިދު ޢުޘްމާނު ބިން ޢައްފާން (ހުޅުމާލެ ފޭސް 2)
- މަސްޖިދު އަމީލް ޖަލީލް (ހުޅުމާލެ ފޭސް 2)
- މަސްޖިދުއް ސަބީލް (ހުޅުލެ)
- މަސްޖިދުލް އިންތިޞާރު (ހުޅުލެ)
ބޮޑު ޖަމާޢަތް ހެދުމަށް ހަމަޖެހިފައިވާ މައިދާންތަކުގެ އިތުރުން މަތީގައި ބަޔާންކުރެވިފައިވާ މިސްކިތްތަކުގައި ޢީދު ނަމާދުކުރުން ކުރިއަށް ދާނެއެވެ.
ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން ޢީދުގެ ބޮޑު ޖަމާޢަތް ހެދުމަށް ކަނޑައެޅިފައިވާ 3 ސަރަޙައްދުގައި، ޢީދުގެ ބޮޑު ޖަމާޢަތް ނުބޭއްވޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ޢާންމު ގޮތެއްގައި މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރެވޭ ހުރިހާ މިސްކިތްތަކެއްގައި ޢީދު ނަމާދުކުރެވޭނެއެވެ.