Skip to content

ރ.ވާދޫގައި އިމާރާތްކުރަމުންދާ މިސްކިތުގެ ނުނިމި ހުރި މަސައްކަތް ކުރުމަށް ހައިމަން ކޮންސްޓަރަކްޝަން އާއި ހަވާލުކޮށްފި

ރ.ވާދޫގައި އަލަށް އިމާރާތްކުރަމުންދާ މިސްކިތުގައި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑް އާއި މިއަދު ހަވާލުކޮށްފިއެވެ. މިއީ 4.3 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 180 ދުވަހުގެ ތެރޭގައެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ އެވެ. ހަައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑް ގެ ފަރާތުން ސޮއިކުރައްވާފައިވަނީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަލްފާޟިލް އިބްރާހިމް ހަބީބެވެ.