Skip to content

އުތީމު ކައުންސިލްގެ މެމްބަރުންނާއި މިނިސްޓަރ ބައްދަލުކުރައްވައިފި

ހއ.އުތީމު ކައުންސިލްގެ މެމްބަރުންނާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ މިއަދު ބައްދަލުކުރައްވައިފިއެވެ. ޒޫމް މެދުވެރިކޮށް ، އޮންލައިންކޮށް ބޭއްވުނު މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އުތީމުގައި ހުރި ބަންޑާރަ މިސްކިތް މަރާމާތު ކުރުމާއި ގުޅޭގޮތުންނެވެ. މި ބައްދަލުވުމުގައި މިނިސްޓަރގެ އިތުރުން މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް ޢަބްދުލް ޢަޒީޒް އިސްމާޢިލް ބައިވެރިވެ ވަޑައިގެންނެވިއެވެ.