- ދީނީ ކަންތައްތަކުގައި ސަރުކާރަށް ލަފާދިނުމާއި، ދައުލަތުގެ ފަރާތުން އިސްލާމީ ޝިޢާރު ފާޅުކުރުމުގެ ކަންތައް ހިންގައި ބެހެލެއްޓުން
- ދިވެހިންގެ މެދުގައި އިސްލާމީ ވަޙުދަތު ހިފެހެއްޓުމަށާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު ޕްރޮގްރާމުތައް ރާވައި ހިންގުން
- ޤާނޫނު ނަންބަރު 94/6 (ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔާތްކުރުމުގެ ޤާނޫނު)ގެ ދަށުން ކުރަންޖެހޭ އެންމެހައި ކަންތައްތައްކުރުން
- ހުކުރު ނަމާދާއި، ޢީދު ނަމާދާއި، ކޭތަ ނަމާދުގެ ޚުޠުބާ އެކުލަވައިލައި ޢާންމުކުރުން
- ރާއްޖޭގައި ނެރޭ ދީނީ ފޮތްތަކާއި ދީނީ ލިޔުންތަކާއި، ރާއްޖެއިން ބޭރުން ގެންނަ ދީނީ ފޮތްތަކާއި ލިޔުންތައް ބަލައި ފާސްކުރުން. އަދި، ރާއްޖެއަށް އެތެރެކުރެވޭ ލިޔުންތަކާއި ފޮތްތަކާއި، ރާއްޖޭގައި ނެރޭ ފޮތްތަކާއި ލިޔުންތަކުގައި އިސްލާމް ދީނާ ޚިލާފުވާފަދަ ވާހަކަތައް ހުރިތޯ ބަލައި އެފަދަ ކަންކަމާމެދު އަޅަންޖެހޭ ފިޔަވަޅު އެޅުން
- މިސްކިތްތަކާބެހޭ ޤައުމީ މަޖިލީހާބެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން
- ރާއްޖޭގެ ރަށްރަށަށް ބޭނުންވާނެ މިސްކިތްތަކުގެ ޢަދަދު ކަނޑައެޅުމާއި، މިސްކިތްތައް ޢިމާރާތްކުރުމާއި، މިސްކިތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
- މިސްކިތް ޢިމާރާތްކުރަން އެދޭ ފަރާތްތަކަށް އެކަމުގެ ހުއްދަ ދިނުން
- ރާއްޖޭގެ ރަށްރަށުގައި ހުކުރު ކުރުމުގެ ހުއްދަ ދޫކުރުމާއި، ރާއްޖޭގެ މިސްކިތްތަކަށް ބޭނުންވާ އިމާމުން ބިނާކުރުމުގެ ކަންތައް ހިންގައި ބެލެހެއްޓުން
- މިސްކިތްތަކަށް އިމާމުން ޢައްޔަންކުރުމާއި، އިމާމުންގެ މަސައްކަތްތައް ބެލެހެއްޓުން.
- ރަމަޟާންމަހާއި، ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ހިންގައި ބެހެލެއްޓުމާއި، ހަނދު ސާބިތުކުރުމާ ބެހޭގޮތުން ސަރުކާރުން ނިންމާގޮތް ކަނޑައަޅައި އިޢުލާން ކުރުން
- ރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ ޝިޢާރު ފާޅުކުރުން މަނާކުރުމާއި، މިފަދަ މާނައެއް ކުރެވޭގޮތަށް ހިންގާ ކަންތައްތައް މަނާކުރުމާއި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ފަރުޟު ޒަކާތާ ބެހޭގޮތުން މީހުން ހޭލުންތެރިކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ކޮންމެ ހަމަހަކުން އެއްފަހަރު ނިޞާބު އިޢުލާނުކުރުމާއި، އަހަރަކު އެއްފަހަރު ފަޤީރުންގެ ލިސްޓު ޢާންމުކުރުން.
- ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޒަކާތުގެ ފައިސާ ހައްޤުވާ ފަރާތްތައް ކަނޑައަޅައި، އެފަރާތްތަކަށް މުދަލު ޒަކާތާއި، ފިޠުރު ޒަކާތުގެ ފައިސާ ދޫކުރުން.
- އިސްލާމީ މަރުކަޒުގައިވާ އިސްލާމީ ކުތުބުޚާނާ ހިންގައި ބެލެހެއްޓުން.
- ރަމަޟާންމަހުގެ ދުވަސްތަކާއި ރޭތައް އިޙްޔާކޮށް ދިރުވުމުގެ ޕްރޮގްރާމުތައް ރާވައި ހިންގުން.
- ރާއްޖޭގެ މިސްކިތްތަކުގައި ފަރުޟު ފަސް ނަމާދާއި، ހުކުރު ނަމާދާއި، ދެޢީދު ދެ ނަމާދާއި، ކޭތަ ނަމާދާއި، އެހެނިހެން ސުންނަތް ނަމާދުތައް ކުރުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖައްސާކަން ކަށަވަރުކުރުމާއި، އެކަންތައްތައް ހިނގާނުހިނގާގޮތް ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާސް ހިނގާ ސަރަހައްދުތަކުގެ ގަބުރުސްތާނުތައް ބަލަހައްޓާނެ އުޞޫލުތަކާއި، ކަށުކަމާކެމީގެ ކަންކަން ހިނގާނެގޮތުގެ އުޞޫލުތައް ކަނޑައަޅައި، އުޞޫލުތަކާ އެއްގޮތަށް އެ ކަންކަން ހިނގާތޯ ބެލުން.
- ރާއްޖޭ މިސްކިތްތަކުގައި ޤުރުއާން ކްލާސްތައް ހިންގުމާއި، ދީނީ ދަރުސް ދިނުމާއި، މިސްކިތްތަކުގައި ހިންގާ އެކިއެކި އެހެނިހެން ހަރަކާތްތައް ހިންގުމަށް ހުއްދަ ދިނުމާއި މިކަންކަން މޮނިޓަރކޮށް، ބެލެހެއްޓުމާއި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ރާއްޖެއަށް ބޭނުންވާ މިންވަރަށް ކަށުކަމާކެމީގެ ކަންތައްކުރާނެ މީހުން ބިނާކުރުމާއި، ކަށުކަމާކެމީގެ ކަންތައްތައް ހިންގުމުގައި ލޯކަލް ކައުންސިލްތަކަށް ބޭނުންވާ ފަންނީ އެހީއާއި، ލަފާދިނުން.
- ރަސްމީ ޢިއްޒަތުގައި ފަސްދާނުލުމަށް ސަރުކާރުން ހަމަޖައްސާ ބޭފުޅުން، ރަސްމީ ޢިއްޒަތުގައި ފަސްދާނުލުމުގެ ކަންތައްތައް ހިންގައި ބެލެހެއްޓުން.
- ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުވާ މީހުންނާބެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.
- ރާއްޖެއިން ޙައްޖަށާއި ޢުމްރާއަށް މީހުން ގެންދާ ކުންފުނިތަކަށް އެކަމަށް ހުއްދަ ދިނުމާއި، އެފަދަ ކުންފުނިތަކުގެ ރަޖިސްޓަރީ ބެލެހެއްޓުމާއި، ޙައްޖާއި ޢުމްރާގެ ކަންތައްތައް ބެލެހެއްޓުމާގުޅޭ އުޞޫލުތައް އެކުލަވައިލައި، އެ އުޞޫލުތަކާ އެއްގޮތަށް ޙައްޖާއި ޢުމްރާއަށް މީހުން ގެންދާ ކުންފުނިތަކުން ޢަމަލުކުރަމުންދާކަން ކަށަވަރުކުރުން.
- ރާއްޖެއިން ޙައްޖަށްދާ މީހުންގެ ކަންތައްތައް ބެލެހެއްޓުމަށް އެހީތެރިވުމަށްޓަކައި، ޙައްޖު މޫސުމުގައި މައްކާގައި ޙައްޖު މިޝަނެއް އެކުލަވާލައި، އެ މިޝަނުގެ ކަންތައްތައް ބެލެހެއްޓުން.
- ޣައިރު މުސްލިމުން އިސްލާމްދީން ޤަބޫލުކުރުމުން ދެވޭ ސެޓްފިކެޓް ދޫކުރުމާއި، އިސްލާމްދީނާ ބެހޭ އަސާސީ މަޢުލޫމާތު އެފަރާތްތަކަށް ފޯރުކޮށް ދިނުން.
- ރާއްޖެއިން ބޭރުން ދީނީ ތަޢުލީމު ހާޞިލުކުރާ ޢިލްމުވެރިންނާބެހޭ މަޢުލޫމާތު ބެލެހެއްޓުން.
- އިމްސާކިއްޔާ ތައްޔާރުކޮށް ޝާއިޢުކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން
- އިސްލާމްދީނާއި ކީރިތި ޤުރްއާން ކިޔަވައިދިނުމަށް ތަޢުލީމީ ދާއިރާގައި ބޭނުންކުރާ ފޮތްތައް ފާސްކުރުމާއި، ތަޢުލީމީ ދާއިރާއާގުޅޭ ދީނީ ކަންކަމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނަށާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނަށް ލަފާދިނުމާއި، ކިޔަވާ ކުދިންގެ މެދުގައި ދީނީ ވަޙުދަތު ހިފެހެއްޓުމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން ޕްރޮގްރާމުތައް ހިންގުން.
- ކިޔަވާކުދިންގެ މެދުގައި އިސްލާމީ އަޤީދާ ވަރުގަދަ ކުރުމަށްޓަކައި ޕްރައިމަރީ ސްކޫލުން ފެށިގެން ސްކޫލު ދައުރު ނިމެންދެން އިސްލާމީ ތަހުޒީބާއި ތަރައްޤީގެ މަގުން ދީނީ ކަންކަމަށް ރައްކާތެރިވުމުގެ މުހިންމުކަމުގެ މައްޗަށާއި، އެހެން މީހުންގެ ޚިޔާލާއި ޙައްޤުތަކަށް ރައްކާތެރިވުމަށް ބާރުއަޅާނޭ ގޮތުގެމަތީން، ކަރިކިއުލަމް އެކުލަވާލުމަށް ކަމާބެހޭ ސަރުކާރުގެ އިދާރާތަކަށް ލަފާ ދިނުން.
- ދީނީ ދަރުސްތައް ދިނުމާއި ދީން އުނގަންނައި ދިނުމުގެ ޕްރޮގްރާމުތައް ރާވައި ހިންގުން.
- ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ ބާވަތްތަކަށް ޙަލާލު ސެޓްފިކެޓް ދޫކުރުމުގެ މިންގަނޑުތައް ކަނޑައެޅުމާއި، އެ މިންގަނޑުތަކާ އެއްގޮތަށް ޙަލާލު ސެޓްފިކެޓް ދޫކުރުމުގެ ކަންކަން ތަންފީޒުކުރުން.
- ދިވެހިރާއްޖޭގެ ރަސްމީ ކަލަންޑަރު (މީލާދީ ތާރީޚާއި، ހިޖުރީ ތާރީޚާއި، ނަކަތްތަކާއި ބަންދު ދުވަސްތައް އެނގޭގޮތަށް) ނެރުމަށް ބޭނުންވާ މަޢުލޫމާތު ކޮންމެ އަހަރަކު ޢާންމުކުރުން.
- މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.
- އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް
- ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު
- ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ޤާއިމުކޮށް ދެމެހެއްޓުމަށްޓަކައި ދިވެހި މުޖުތަމަޢަށް ބޭނުންވާ ދީނީ ފަތުވާ ޢާންމުންނަށް ފޯރުކޮށްދިނުން.
- ދައުލަތުގެ މުއައްސަސާތަކުން މަޖިލީހުގެ ލަފަޔަކަށް އެދޭ ދީނީ ކަންކަމުގައި، އެ މުއައްސަސާތަކަށް ބޭނުންވާ އިސްތިޝާރީ ލަފާ ފޯރުކޮށްދިނުން.
- އިސްލާމީ އުންމަތަށް ދިމާވާ ފިޤްހީ އައު މައްސަލަތަކަކީ ކޮބައިކަން ދެނެގަނެ، އެފަދަ މައްސަލަތަކުގެ ތެރެއިން ދިވެހި ރައްޔިތުންނަށް ދީނީގޮތުން ފަތުވާ ދިނުން މުހިންމުކަމަށް މަޖިލީހަށް ފެންނަ މައްސަލަތަކުގައި، ދީނީ ފަތުވާ ޢާންމުންނަށް ފޯރުކޮށްދިނުން.
- ދިވެހިރާއްޖޭގައި ދީނީގޮތުން ޚިޔާލު ތަފާތުވުން އުފެދޭ މައްސަލަތައް ދެނެގަނެ، އެކަންކަމުގެ ދިރާސާތައްކޮށް، އެފަދަ މައްސަލަތަކުގައި މަޖިލީހުގެ ފަތުވާ ޢާންމުންނަށް ފޯރުކޮށްދިނުން.
- ދިވެހި ރައްޔިތުންގެ މެދުގައި އުފެދޭ ދީނީ ޚިޔާލު ތަފާތުވުންތައް ނައްތާލުމަށާއި، މުޖުތަމަޢުގެ މަޞްލަޙަތު ހިމެނޭ ދީނުގެ އެކި މައްސަލަތަކުގައި ޚިޔާލު ހޯދާ މަޝްވަރާކުރުމަށްޓަކައި، ދީނީ ޢިލްމުވެރިންގެ މަހާސިންތާތަކާއި ސެމިނަރތައް ރާވައި ހިންގުން.
- ދީނީ ކަންކަމުގައި ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، ތަފާތު ދީނީ މަޢުޟޫޢުތަކަށް ދީރާސާކޮށް ލިޔެފައިވާ ލިޔުންތައް ޝާއިޢުކޮށް ނެރުން.
- ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތް ފުޅާ ދާއިރާއެއްގައި އުނގަންނައި ދިނުމުގެ މަސައްކަތްކުރުން.
- ކީރިތި ޤުރްއާން ތަޖުވީދު މަގުން ރީތިކޮށް ކިޔަވަން ދަސްކޮށްދިނުމާއި، ހިތުދަސްކޮށްދިނުމުގެ މަސައްކަތް ކުރުން.
- ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތުގައިވާ ސައިންޓިފިކް ހަޤީގަތްތައް ދިރާސާކޮށް، ޝާޢިއުކުރުން.
- ޙަދީޘް ޢިލްމާބެހޭ ދިރާސާތައް ކުރުމާއެކު، ފުޅާ ދާއިރާއެއްގައި ޙަދީޘް ޢިލްމު ފެތުރުން.
- ކީރިތި ޤުރުޢާނާއި ރަސޫލާގެ ސުންނަތާބެހޭ ދިރާސާތައް ކުރުމަށް ބޭނުންވާ މީހުންނަށް އެމަގު ތަނަވަސް ކޮށްދިނުން.
- ޤުރުޢާން ކިޔެވުމުގެ ޤައުމީ މުބާރާތާއި، ސްކޫލް މުބާރާތާއި ބައިނަލްއަޤްވާމީ މުބާރާތްތައް ބޭއްވުމަށް ބޭނުންވާ ކަންކަން ރާވައި ހިންގުން.
- ބައިނަލްއަޤްވާމީ ޤުރްއާން މުބާރާތްތަކުގައި ރާއްޖެއިން ބައިވެރިކުރާނެ ފަރާތްތައް ކަނޑައަޅައި، އެމުބާރާތްތަކުގައި ބައިވެރިކުރުމާއި، އެކަމާގުޅޭ އެންމެހައި ކަންކަން ބެލެހެއްޓުން.
- ކީރިތި ޤުރްއާން ދިވެހި ބަހަށް ތަރުޖަމާކުރުމާއި، މުރާޖަޢާކުރުމާއި ޝާއިޢުކުރުމުގެ މަސައްކަތް ކުރުމާއި، ޤުރްއާނުގެ ތަރުޖަމާ ފަސޭހަކަމާއެކު ރައްޔިތުންނަށް ލިބޭނޭ މަގު ފަހިކޮށްދިނުން.
- ޙަދީޘް ފޮތްތަކާއި އެއާ ގުޅުންހުރި ފޮތްތައް ދިވެހި ބަހަށް ތަރުޖަމާކޮށް ޢާންމުންނަށް ލިބޭނެގޮތް ހެދުން.
- ބޭނުންނުކުރެވޭ ވަރަށް ބާވެ ހަލާކުވެފައިވާ މުޞްހަފުތައް ނައްތާލުމާއި، މުޞްހަފްތައް ނައްތާލުމަށް ބޭނުންވާ ފަރާތްތަކަށް ލަފާއާއި މަޝްވަރާދިނުން.
- ރާއްޖެއަށް ބޭނުންވާ ޤުރްއާން މުދައްރިސުންނާއި، އިމާމުންނާއި، ޖަމާޢަތްތެރިން ތަމްރީނުކުރުމުގެ ކޯސްތައް ރާވައި ހިންގުން.
- ޙާފިޡުކަމުގެ އިމްތިޙާނުކޮށް، ސަނަދު ދިނުމާއި، ޙާފިޡުންގެ ދަފްތަރު ބެލެހެއްޓުން.
- ރާއްޖޭގައި ހިންގާ ޤުރްއާން ކްލާސްތަކުގެ ރެކޯޑު ބެލެހެއްޓުން.
- ކީރިތި ޤުރްއާނާއި ސުންނަތާބެހޭ ބައިނަލްއަޤްވާމީ މުއައްސަސާތަކާ ގުޅިގެން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ބޭނުންވާ ޢިލްމީ، ފަންނީ އަދި މާލީ އެހީތެރިކަން ހޯދުން.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ މަސައްކަތްތައް
ތިރީގައި މިވާ ތަންތަން ހިނގަމުންދާނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ދަށުންނެވެ.
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މަސައްކަތްތައް
ޤާނޫނު ނަންބަރު 94/6 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު) ގެ 7 ވަނަ މާއްދާއިން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މައްސޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންތައްތައް ތިރީގައި މިވަނީއެވެ.
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ މަސައްކަތްތައް