Skip to content

އއ.ބޮޑުފޮޅުދޫގައި އަލަށް ޢިމާރާތްކުރި މިސްކިތް ހުޅުވައިފި

 

 

އއ.ބޮޑުފޮޅުދޫގައި އަލަށް ޢިމާރާތްކުރެވުނު ” މަސްޖިދުއް ތަޤްވާ” ، ރައީސުލް ޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ހުޅުވައިދެއްވައިފިއެވެ. ދައުލަތުގެ ބަޖެޓުން ޖުމްލަ 4.44 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާފައިވާ މި މިސްކިތުގައި ނަމާދު ކުރާބައިގެ ބޮޑުމިނުގައި 2604 އަކަފޫޓު ހުރެއެވެ. މި .މިސްކިތުގައި އެއްފަހަރާ 300 މީހުންނަށް ނަމާދު ކުރެވޭނެއެވެ.

“މަސްޖިދުއް ތަޤްވާ” ޢިމާރާތްކުރުމަށް ބިންގާ އަޅާފައިވަނީ 29 އޮކްޓޯބަރ 2019 ވަނަ ދުވަހުއެވެ. ނަމަވެސް މަސައްކަތްތައް ނުނިމުގެ ސަބަބުން ކޮންޓްރެކްޓް ބާޠިލްކޮށް 2 ވަނަ ކޮންޓްރެކްޓަރަކާއި ހަވާލުކޮށްފައިވަނީ 22 ޑިސެމްބަރ 2020 ވަނަ ދުވަހުއެވެ. 1 ފަންގި ފިލާއަށް ހަދާފައިވާ މި މިސްކިތް އެއްކޮށް ނިންމާލެވިފައިވަނީ 11 ސެޕްޓެމްބަރ 2021 ވަނަ ދުވަހުއެވެ.