ރާއްޖޭގައި ޗާޕްކުރެވޭ ފޮތްތަކުގައި ހުންނަ ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ ކުށްހުރިތޯބަލައި ފާސްކުރާ ކޮމެޓީ ގެ ނަމުގައި ކޮމެޓީއެއް އެކުލަވާލައްވައި އެކޮމެޓީގެ މެމްބަރުންނާއި މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ބައްދަލު ކުރައްވައިފިއެވެ. މިކޮމެޓީއުފެއްދުމުގެ މަޤްޞަދަކީ ރާއްޖޭގައި ތައްޔާރުކޮށް ޗާޕްކުރެވޭ ފޮތްތަކުގައި ލިޔެފައިހުންނަ ކީރިތި ޤުރްއާންގެ އާޔަތްތަކުގައި ކުށްހުރުމާއި ގުޅިގެން އެކަމަށް ހައްލެއް ގެނައުމެވެ.
މި ކޮމިޓީ މެދުވެރިކޮށް ރާއްޖޭގައި ޗާޕްކުރެވޭ ފޮތްތަކުގައި ހުންނަ ކީރިތި ޤުރްއާނުގެ އާޔަތްތަކުގައި ކުށްހުރިތޯ ބަލާ އިސްލާޙްކޮށް ފާސްކުރުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ.
މިކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:
އަލްޙާފިޡް ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް (ކޮމެޓީގެ ޗެއަރ)
އައްޝައިޚް އަލްޙާފިޡް މުޙައްމަދު ލަޠީފް (ކޮމެޓީގެ ވައިސް ޗެއަރ)
އައްޝައިޚް ނަޞްރުﷲ ޢަލީ
އައްޝައިޚް އަލްޙާފިޡް އިބްރާހީމް ރަޝީދު ޙަސަން
އައްޝައިޚް އަލްޙާފިޡް އަޙްމަދު ޝަފީޤް
އައްޝައިޚް އަލްޙާފިޡް ޢަލީ ނަޖީބް
އަލްޙާފިޡް ޢަބްދުﷲ މަސްޢޫދު