“ޒަކާތު ނަފާ” ގެ ނަމުގައި ފަގީރުންނަށް މާލީ އެހީ ފޯރުކޮށްދޭ ޕްރޮގްރާމެއް

އިކޮނޮމިކް މިނިސްޓްރީ އާއި، އިސްލާމިކް މިިނިސްޓްރީން ގުޅިގެން “ޒަކާތު ނަފާ” ގެ ނަމުގައި ޒަކާތު ފަންޑު މެދުވެރިކޮށް ގަފީރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކަނޑައެޅޭ ވަކި އުޞޫލެއްގެ ތެރެއިން އަދި ކަނޑައެޅޭ ވަކި ޢަދަދެއްގެ ބަޔަކަށް ޒަކާތު ފަންޑުން ހަރަދުކޮށް، ޒަކާތުގެ ފައިދާ އޭގެ އެންމެ ޙައްޤުވެރި ފަރާތްތަކަށް ފޯރުކޮށްދިނުމަށާއި، އެ ފަރާތްތަކަށް އާމްދަނީ ހޯދޭނެ މަގެއްފަހިކޮށްދިނުމަށާއި އަދި ފުދުންތެރި މުޖުތަމަޢުއެއް ބިނާކުރުމަށެވެ.

5 އަހަރު ދުވަހުގެ މުއްދަތަަށް ހިންގާ މި ޕްރޮގްރާމު އަމާޒުކުރެވެނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެކުލަވާލާފައިވާ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށެވެ. އެހެންކަމުން މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދުގެ ތެރޭގައި ހިމެނެނީ:

  • ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން އަމިއްލައަށް މަސައްކަތްކޮށްގެން ފުދުންތެރި ދިރިއުޅުމެއް ފަށައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުން.
  • އަމިއްލައަށް މަސައްކަތްކޮށްގެން ޝަރަފުވެރި އަބުރުވެރި ދިރިއުޅުމެއް އުޅުމަށް ބާރުއެޅުމާއެކު އިޤްތިޞާދު ކުރިއެރުވުމުގައި ފަރުދުންގެ ބައިވެރިވުން އިތުރުކުރުން.
  • ޒަކާތު ފަންޑުގެ އެހީތެރިކަމުގައި މި ފުރުޞަތު ފޯރުކޮށްދެވޭ ފަޤީރުން އެމީހުންގެ ދިރިއުޅުން ތަނަވަސްވެ ކުރިމަގުގައި މުދަލު ޒަކާތް ދެއްކުމާ ހަމައަށް ވާސިލުކޮށްދިނުމެވެ.

ޒަކާތު ފަންޑުން އެހީދިނުމުގައި އިސްކަންދޭނެ ދާއިރާތައް ކަނޑައެޅުމުގައި ބަލާނީ ގައުމީ ތަރައްޤީއަށާއި މުޖުތަމައުގެ ފުދުންތެރިކަން އިތުރުކުރެވޭނެ ދާއިރާތަކަށެވެ. މިގޮތުން ފުރަތަމަ ފިޔަވަހީގައި 2021-2022 ގައި ހިންގާނެ ޕްރޮގްރާމްތަކުގައި  ގެދޮރުން އާމްދަނީ, ޕޯލްޓްރީ ފަރމިންގް, ހައިޑްރޯފޯނިކްސް ދަނޑުވެރިކަން, ފަރުމަސްވެރިކަން, ފެހުން, ތަމްރީން/ “އޮން ދަ ޖޮބް” ޓްރައިނިންގ / އެޕްރެންޓިސްޝިޕް ފުރުސަތުތަށް ހޯދައިދިނުން ހިމެނޭނެއެވެ.

ހިޔާލު ފާޅުކުރައްވާ !