Skip to content
viber_image_2022-05-19_14-08-48-456

 1 މިލިއަން ރުފިޔާގެ އިނާމާއެކު ހުޅުމާލެ ފޭސް 2ގެ އިސްލާމިކް ސެންޓަރުގެ ޑިޒައިން ހެދުމަށް ހުޅުވާލައިފި

(Last Updated On: May 26, 2022)

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން 1 މިލިއަން ރުފިޔާގެ އިނާމަކާއެކު ހުޅުމާލެ ފޭސް 2ގެ އިސްލާމިކް ސެންޓަރުގެ ޑިޒައިން ހެދުމަށް އާންމުންނަށް ހުޅުވާލައިފިއެވެ.

ހުޅުމާލެ ފޭސް 2 ގައި ޒަމާނީ ފެންވަރުގެ އިސްލާމިކް ސެންޓަރެއް ބިނާކުރުމުގެ ގޮތުން ހަދާ މި އިސްލާމިކް ސެންޓަރު ޑިޒައިން ކުރުމަށް ރާއްޖޭގެ ކޮންމެ އާކިޓެކްޗަރަކަށްވެސް ވަނީ ފުރުސަތު ހުޅުވާލެވިފައިއެވެ.  ތަފާތު މޮޅެތި ޚިޔާލުތަކަށް ފުރުސަތު ހުޅުވާލެވޭ މި މުބާރާތުގައި ޑިޒައިންކުރަން ޖެހެނީ ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކުރާ އިސްލާމިކް ސެންޓަރެވެ.

މި މުބާރާތުން 1 ވަނައަށް ދާ ފަރާތަކަށް 7 ލައްކަ ރުފިޔާ ލިބޭއިރު 2 ވަނަ އަށް ދާ ފަރާތަކަށް ހަމަޖެހިފައިވަނީ 2 ލައްކަ ރުފިޔާ އަދި 3 ވަނަ އަށް ދާ ފަރާތަކަށް 1 ލައްކަ ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިސްލާމިކް ސެންޓަރުގެ މި ޑިޒައިންގައި ނަމާދުކުރެވޭނެ ތަނަކާއި ޕާކިންގ އޭރިއާއާއި، އޮފީސްބަޔަކާއި، މަލްޓީޕާޕަސް ހޯލާއި، ސެމިނަރ ރޫމާއި، ލައިބްރަރީ އަދި ސްޓާފް ކެންޓީނާއި ކާލްސްރޫމްތަކާއި ކޮމާޝަލް އޭރިއާ އަކާއި ރެކްރިއޭޝަނަލް އޭރިއޭއެއް ހިމެނޭނެއެވެ.

މި ޑިޒައިނަކީ ތަފާތު އާޚިޔާލަކަށް ހަދާ ޑިޒައިނަކަށްވާއިރު އެއްވެސް ތަނަކުން މިހާތަނަށް ބޭނުންކޮށްފައިވާ ޑިޒައިނަކަށް ވެގެން ނުވާނެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވެބްސައިޓުގައިވާ ގޫގްލް ފޯމު މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އަދި މި މުބާރާތާބެހޭ މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

https://bit.ly/icdmia2022

މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 25 މޭ 2022 ގެ ނިޔަލަށް ބައިވެރި ވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މި މުބާރާތާ ގުޅޭ އެއްވެސް މަޢުލޫތެއް ބޭނުން ފުޅުވާނަމަ 07 ޖޫން 2022 ގެ ކުރިން މިނިސްޓްރީގެ ރަސްމީ މެއިލް  [email protected] އަށް ފޮނުއްވުން އެދެމެވެ.

މެއިލް ކުރައްވާ ސުވާލުތަކަށް 13 ޖޫން 2022ގެ  ކުރިން ޖަވާބު ފޮނުވޭނެއެވެ.