Skip to content
hhhh

ހަނިމާދޫގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވައިފި

(Last Updated On: May 20, 2022)

ހދ. ހަނިމާދޫގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވައިފިއެވެ.

މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާއި ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަންއެވެ.

500 މީހުންގެ ޖާގައިގެ މި މިސްކިތް އިމާރާތްކުރުމަށް އެއްބަސްވެފައިވަނީ 11،906،881.17  ( އެގާރަ މިލިއަން ނުވަލައްކަ ހަހާސް އަށްސަތޭކަ އަށްޑިހަ އަށް ރުފިޔާ ސަތާރަ ލާރި) އަށެވެ.

މި މިސްކިތް އިމާރާތްކުރުމަށް ސޮއިކޮށްފައިވަނީ 6 ފެބްރުއަރީ 2022ގައެވެ. 365 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ މި މަޝްރޫޢުގެ އެންމެ ފަހު ތާރީޚަކީ 06 މާޗް 2023 އެވެ.