މުދަލު ޒަކާތުގެ ނިޞާބަށް ދިވެހި ރުފިޔާއިން ޖެހޭ މިންވަރަށް ބަދަލު އަތުވެއްޖެއެވެ.
30 ޖަނަވަރީ 2023 ( 08 ރަޖަބް 1444) އިން ފެށިގެން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ 7062.65 (ހަތްހާސް ފަސްދޮޅަސް ދެ ރުފިޔާ ފަސްދޮޅަސް ފަސް ލާރި) އެވެ.
1443 ވަނަ އަހަރާއި 1444 ވަނަ އަހަރު ނިޞާބަށް އައިސްފައިވާ ބަދަލުތައް:
14 ޝައުބާން 1443 (17 މާޗް 2022) – 7241.15 ( ހަތްހާސް ދުއިސައްތަ ސާޅީސް އެއް ރުފިޔާ ފަނަރަ ލާރި )
13 ޛުލްޤައިދާ 1443 (12 ޖޫން 2022) – 6396.25 ( ހަ ހާސް ތިންސަތޭކަ ނުވަދިހަ ހަ ރުފިޔާ ފަންސަވީސް ލާރި )
25 ޞަފަރު 1444 (21 ސެޕްޓެންބަރ 2022) – 5777.45 ( ފަސްހާސް ހަތްސަތޭކަ ހަތްދިހަ ހަތް ރުފިޔާ ސާޅީސް ފަސް ލާރި )
ވޭތުވެދިޔަ އަހަރުތަކުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ އަދަދު:
2019- 70.515.176.40 ( ހައްދިހަ މިލިއަން ފަސް ލައްކަ ފަނަރަ ހާސް އެއްސަތޭކަ ހަތްދިހަ ހަ ރުފިޔާ ސާޅިސް ލާރި)
2020- 60.805.348.39 (ފަސްދޮޅަސް މިލިއަން އަށްލައްކަ ފަސްހާސް ތިންސަތޭކަ ސާޅިސް އަށް ރުފިޔާ ތިރީސް ނުވަ ލާރި)
2021- 91.517.285.26 ( ނުވަދިހަ އެއް މިލިއަން ފަސްލައްކަ ސަތާރަ ހާސް ދުއިސައްތަ އައްޑިހަ ފަސް ރުފިޔާ ސައްބީސް ލާރި)
2022- 92.120.926.52 ( ނުވަދިހަ ދެ މިލިއަން އެއްލައްކަ ވިހިހާސް ނުވަސަތޭކަ ސައްބީސް ރުފިޔާ ފަންސާސް ދެ ލާރި)
ނިޞާބަށް ބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ. އަދި މުދަލު ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައެޅުމުގައި ފައިސާ ރިހިން އަގުކުރުމަކީ ރާއްޖެ ފަދަ ކުދި ޤައުތަކުގައި ފަޤީރުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ.
މުދަލު ޒަކާތަކީ އިސްލާމްދީނުގެ ރުކުނަކަށްވާއިރު، އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބުހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖްރީ 01 އަހަރުވުމުން، ޝަރްޢީ ހަމަތަކާ އެއްގޮތަށް އޭގެ ސާޅީސްބައި ކުޅަ އެއްބައި (2.5%) ނެރެން ޖެހެއެވެ.
މުދަލު ޒަކާތް ބަލައިގަންނާނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮންނެވެ.