2023 ވަނަ އަހަރުގެ ފަޤީރުންގެ ދަފްތަރުގައި ނުހިމެނޭ ފަރާތްތަކުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

2023 ވަނަ އަހަރުގެ ފަޤީރުންގެ ދަފްތަރުގައި ރެޖިސްޓްރީވުމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ދަފްތަރުގައި ނުހިމެނޭ ފަރާތްތަކުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ 16 ފެބުރުވަރީ 2023ގެ ނިޔަލަށެވެ.

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށްއެދި މާލެ ސިޓީ (މާލެ، ހުޅުމާލެ، ވިލިމާލެ)ގައި ދިރިއުޅޭ ފަރާތްތަކަށް 22 ޑިސެންބަރު 2022 އިން 19 ޖަނަވަރީ 2023 ގެ ނިޔަލަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވުނެވެ. އަދި މި މުއްދަތުގައި ފޯމު ހުށަހެޅި ފަރާތްތަކަށް ފޯމުތަކުގެ ޖަވާބު މިހާރުވާނީ މެސެޖްކުރެވިފައެވެ.

އެހެންކަމުން ދަފްތަރުގައި ހިމެނިފައި ނުވާ ފަރާތްތަކުން ޝަކުވާ ހުށަހަޅަން އެދޭނަމަ މިނިސްޓްރީގެ ކައުންޓަރަށް ނުވަތަ [email protected] އަށް މެއިލްކޮށްގެން ޝަކުވާ ހުށަހެޅޭނެއެވެ. މެއިލް މެދުވެރިކޮށް ޝަކުވާ ހުށަހަޅާ ފަރާތްތަކުން ސަބްޖެކްޓްގައި ފޯމު ހުށަހެޅި ފަރާތުގެ ނަމާއި، އައިޑީކާޑު ނަންބަރު އަދި ފޯމު ނަންބަރު ހިމަނަންވާނެއެވެ.

ޝަކުވާ ހުށަހެޅޭނީ 16 ފެބުރުވަރީ 2023ގެ ނިޔަލަށެވެ. އޭގެ ފަހުން ހުށަހެޅޭ ޝަކުވާތައް ބަލައިގަނެވޭގޮތަށް ހަމަޖެހިފައިނުވެއެވެ.

2023 ވަނަ އަހަރުގެ ފަޤީރުންގެ ދަފްތަރުގައި ރެޖިސްޓްރީވުމަށް 212 ފަރާތަކުން ވަނީ ފޯމު ހުށަހަޅާފައެވެ. އެހެންނަމަވެސް ފަޤީރުންނާއި މިސްކީނުންގެ ފައިނަލް ލިސްޓު ކަށަވަރުވާނީ ޝަކުވާ ހުށަހަޅަން ދެވިފައިވާ މުއްދަތުގައި ހުށަހަޅާ ޝަކުވާތަކަށް ބެލުމަށް ފަހުގައެވެ.

ހިޔާލު ފާޅުކުރައްވާ !