ދިވެހިރާއްޖެއަށް މިއަހަރު ޙައްޖު ކޯޓާގެ 1000 ކޯޓާ ލިބިއްޖެ

ސަޢޫދީ ސަރުކާރުން ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށްޓަކައި ދެއްވާ ރަސްމީ 1000 ކޯޓާ ލިބިއްޖެއެވެ.

1444 ވަނަ އަހަރު ދިވެހި ރާއްޖެއިން ޙައްޖަށް ގެންދިއުމަށްޓަކައި ކޯޓާ އެއްބަސްވުމުގައި ދެ ޤައުމު މިނިސްޓަރުން ވަނީ ސޮއިކުރައްވާފައެވެ. އަދި އިތުރު ކޯޓާ ހޯއްދެވުމުގެ މަސައްކަތް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަހުމަދު ޒާހިރު ޢަލީ ގެންދަވަނީ ކުރައްވަމުންނެވެ.

1444 ވަނަ އަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް ޙައްޖު ކޯޕަރޭޝަންގެ އިތުރުން އަމިއްލަ ކުންފުނިތަކަށްވެސް ހުޅުވާލާގޮތަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް  1000 ކޯޓާ ލިބިފައިމިވަނީ ކޯވިޑް-19އާއި ގުޅިގެން ޤައުމުތަކަށް ސަޢޫދީ ސަރުކާރުން ޙައްޖު ކޯޓާ ދޫކުރާ އަދަދު މަދުކުރުމަށް ފަހުއެވެ. 2022 ވަނަ އަހަރު ދިވެހިރާއްޖެއަށް ލިބިފައިވަނީ 453 ކޯޓާއެވެ.

ހިޔާލު ފާޅުކުރައްވާ !