1444 ވަނަ އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޕްރޕޯސަލް ހުށަހެޅޭނީ، ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމާ ގުޅޭ އުސޫލުގައި ބުނެފައިވާ ޝަރުޠު ހަމަވާ ކުންފުނިތަކަށެވެ.
ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް ހުއްދަދޭނީ ހުށަހަޅާ ކުންފުނިތައް އިވެލުއޭޓްކުރުމަށްފަހު އެންމެ މަތިން ޕޮއިންޓް ލިބޭ 3 ކުންފުންޏަކަށެވެ. ދިވެހިރާއްޖެއަށް ލިބޭ ރަސްމީ ކޯޓާ ތެރެއިން، ޙައްޖުކޯޕަރޭޝަންގެ އިތުރުން ހުއްދަ ލިބޭ ކޮންމެ ކުންފުންޏަކަށް ދޭނީ 90 (ނުވަދިހަ) ކޯޓާއެވެ.
ޕްރޮޕޯސަލް ފޮތާއި ޕްރޮޕޯސަލް ހުށަހަޅާފަރާތްތަކަށް ދެވޭ މަޢުލޫމާތު ކަރުދާސް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް މީޓީންގ އޮންނާނީ 2023 މާރިޗް 2 ވާ (ބުރާސްފަތި) ދުވަހުގެ 10:00ގައި މިނިސްޓްރީގެ މީޓިންގ ރޫމް 1 ގައެވެ.
ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން 13 މާރިޗް 2023ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފީ ދައްކަންވާނެއެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ ޕްރޮޕޯސަލް ހުށަހެޅުމުގެ ފީ ދައްކާފައިވާ ކުންފުނިތަކަށެވެ.
1 މާރިޗް 2023 އިން ފެށިގެން 13 މާރިޗް 2023 އަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 0900 އިން 12:00އަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ކައުންޓަރުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފީ ބަލައިގަންނާނެއެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ފީއަކީ 10،000 (ދިހަހާސް ) ރުފިޔާއެވެ.
ޕްރޮޕޯސަލްތައް ބަލައިގަންނާނީ 14 މާރިޗް 2023ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00ގައި، ޕްރޮޕޯސަލް ހުށަހަޅާ ބޭފުޅުންގެ ހާޒިރުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޖަލްސާކުރާ މާލަމުގައެވެ.