ގަމު ތުނޑީ އަވަށުގައި އަޅާ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފި

ލ. ގަމު ތުނޑީ އަވަށުގައި އަލަށް އާބާދުވި ސަރަޙައްދުގައި އަޅާ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާއި ލ. ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް އަދި ކައުންސިލްގެ ރައީސް އަޙްމަދު ޒަކީއެވެ.

ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން އިމާރާތްކުރާ މި މިސްކިތަށް ޖުމްލަ 16،818،646.27  (ސޯޅަ މިލިއަން އަށްލައްކަ އަށާރަހާސް ހަސަތޭކަ ސާޅީސް ހަ ރުފިޔާ ހަތާވިސް ލާރި) ޚަރަދުވާނެއެވެ.

700 މީހުންގެ ޖާގައިގެ މި މިސްކިތަކީ ފިރިހެނުންނާއި އަންހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށް ބިނާ ކުރެވޭ މިސްކިތެކެވެ.

މި މިސްކިތް އިމާރާތްކޮށް ނިންމުމަށް ހަމަޖެހިފައިވަނީ 365 ދުވަސްތެރޭގައެވެ.

ލ. ގަމު ތުނޑީ އަވަށުގައި މިސްކިތެއް ޢިމާރާތްކުރުމަށް ފެޑޯ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ

14 ޑިސެންބަރު 2022އެވެ.

ހިޔާލު ފާޅުކުރައްވާ !